hshshssi

ރަޝިއާއިން ޔޫރަޕަށް ގޭސް ފޯރުކޮށްދޭ ޕައިޕްލައިތައް ފަޅައިގެންގޮސް މޫދަށް ގިނަ އަދަދެއްގެ ގޭސް

ރަޝިއާއިން ޔޫރަޕަށް ގޭސް ފޯރުކޮށްދިނުމަށްޓަކައި އަޅާފައިވާ ޕައިޕްލައިންތަކުން މޫދަށް ގިނަ އަދަދަކަށް ގޭސްތައް ލީކްވަމުންދާ ކަމަށް ޑެންމާކުގެ މިލިޓަރީއިން ހާމަކޮށްފިއެވެ.

އެގޮތުން ނޯޑު ސްޓްރީން 1 އަދި 2 ޕައިޕްލައިނުން ގޭސް ލީކްވަމުން ދިޔުމާއި ގުޅިގެން 200 އާއި 1000 މީޓަރުގެ ހިސާބަކަށް ވަނީ ފޮނުތައް ފެތުރިފައެވެ. ޑެންމާކުގެ މިލިޓަރީއިން މި މަންޒަރުތައް ފެންނަ ފޮޓޯތަކާއި ވީޑިއޯތައް އާއްމުކޮށްފައިވެއެވެ.

ބައެއް ފަރާތްތަކުން ތުހުމަތުކުރާގޮތުގައި މިއީ ބަޔަކު ގަސްތުގައި ކޮށްގެން އުޅޭ ކަމެކެވެ. ރަޝިއާ-ޔޫކްރޭން ހަނގުރާމައާ ގުޅިގެން ހުޅަނގުގެ ގައުމުތަކުން ރަޝިއާ އަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުން ރަޝިއާއިން ވަނީ އެކަމުގެ ރައްދެއްްގެ ގޮތުގައި ޔޫރަޕަށް ގޭސް ފޯރުކޮށްދިނުން ހުއްޓާލާފައެވެ.

ޙަބަރުތައް ބުނާގޮތުގައި ނޯޑު ސްޓްރީމް 1 ޕައިޕްލައިނުން ގޭސް ލީކުވަމުންދަނީ ޑެންމާކުގެ އިކޮނޮމިކް ޒޯން އަށާއި، ސްވިޑެންގެ އިކޮނޮމިކް ޒޯންގެ ސަރަހައްދަށެވެ. އަދި ނޯޑު ސްޓްރީމް 2 ޕައިޕްލައިންއިން ގޭސް ލީކުވަމުންދަނީވެސް ޑެންމާކުގެ އިކޮނޮމިކް ޒޯންގެ ސަރަޙައްދަށެވެ.

މިގޮތަށް މޫދަށް ގޭސްތައް ލީކުވަމުންދިޔުމުން ކަނޑުގެ ދިރުންތަކަށް ކުރަމުންދާ އަސަރުތައް ދެނެގަތުމަށް ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުންދަނީ މަސައްކަތްކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!