ޏ.  ފުވައްމުލަކުގެ އިރުން 10 މޭލު ބޭރުގައި  ކަނދުފަތި ގާއިމު ކުރަނީ -- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ
ޏ. ފުވައްމުލަކުގެ އިރުން 10 މޭލު ބޭރުގައި ކަނދުފަތި ގާއިމު ކުރަނީ -- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ

ފުވައްމުލަކު އިރުމަތިން ކަނޑައިގެން ދިޔަ ކަނދުފަތި ހަރުކޮށްފި

ޏ. ފުވައްމުލަކު އިރުމަތިން ކަނޑައިގެން ގޮސްފައިވާ ކަނދުފަތި ހަރުކޮށްފިއެވެ.

ދޮށީގެ މަސްވެރިކަމަށް ހާއްސަކޮށްގެން، ފުވައްމުލަކު އިރުން 10 މޭލު ބޭރުގައި މި ކަނދުފަތި ހަރުކޮށްފައި ވަނީ ހޯމަ ދުވަހުއެވެ.

މި ކަނދުފަތި ކަނޑައިގެން ގޮސްފައިވަނީ ޖަނަވަރީ މަހުގެ ކުރީކޮޅު ކަމަށް މިނިސްޓްރީގެ 'އޮއިވާލި ކަނދުފަތި ޕޮޒިޝަން ލިސްޓް'ގައި ވެއެވެ.

މި ކަނދުފަތީގެ އިތުރުން، ފުވައްމުލަކުގެ ހުޅަނގުން 15 މޭލު ބޭރުގައިވެސް ކަނދުފައްޗެއް ގާއިމުކޮށްފައިވެއެވެ.

ކަނދުފައްޗެއް ކަނޑައިގެން ގޮސްފިނަމަ ލަސްނުކޮށް އެކަން ފިޝަރީޒް މިނިސްޓްރީއަން އެންގުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. ފިޝަރީޒް މިނިސްޓްރީއިން މިހާރު އަމަލުކުރަމުންދާ އުސޫލަކީ އެއްވެސް ސަރަހައްދެއްގެ ކަނދުފައްޗެއް ކަނޑައިގެން ގޮސްފިނަމަ، އެކަމުގެ މައުލޫމާތު ކައުންސިލްތައް މެދުވެރިކޮށް ރަސްމީކޮށް އެންގުމުން ކަނދުފަތި ހަރުކުރުމަށް މަސައްކަތް ފެށުމެވެ. އެހެންކަމުން ކަނދުފަތި ކަނޑައިގެން ދިއުމުން އޭގެ މައުލޫމާތު ކައުންސިލްތަކާއި ހިއްސާކުރުމަށް ހުރިހާ މަސްވެރިން ސަމާލުވާން ޖެހެއެވެ.

ކަނދުފައްޗެއް އެޅުމަށް ދެލައްކައަށްވުރެ ރުފިޔާ ހަރަދުވާއިރު، ކަނދުފަތީގެ ވިއުގައަށް ގެއްލުމެއް ލިބޭނެ އެއްވެސް ކަމެއް ނުކުރުމަށް ފިޝަރީޒް މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!