އަންނަ އަހަރު އިހަވަންދޫގައި މަސް ގަންނަ މަރުކަޒެއް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެެއެވެ.
ރައީސް މިހެން ވިދާޅުވީ، ގައުމީ ފެރީގެ ނިޒާމް 'ރާއްޖެ ޓްރާންސްޕޯޓް ލިންކް' ޒޯން 1 އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޞާލިހް ވިދާޅުވީ އެ ސަރަޙައްދުގައި އޮތް އެންމެ ދިރުންހުރި އެއް އިޤްތިޞާދަކީ އިހަވަންދޫގެ އިޤްތިސާދު ކަމަށެވެ. އަދި އެރަށުގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަން ރާވާފައިވާކަމަށެވެ.
"އިހަވަންދުއަށް ދިމާވެފައިވާ ބަނދަރާއި ބިމުގެ ދަތިކަން ޙައްލުކޮށްދޭންޖެހޭ. މި ދެންނެވި ދެ މަޝްރޫޢު އިހަވަންދޫގައި އެދަނީ ހިނގަމުން. އަދި އިރާދަކުރެއްވިއްޔާ މި ސަރަޙައްދުން މަސް ގަންނަ މަރުކަޒުގެ މަސައްކަތް، އަންނަ އަހަރު އިހަވަންދޫގައި ފެށޭނެ" ރައީސް ވިދާޅުވިއެވެ.
އަންނަ އަހަރުތެރޭ އެ މަރުކަޒުން މަސް ގަންނަން ފެށޭ ވަރަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން ރާވަމުންދެއެވެ. މި މަރުކަޒުގައި މަސް ރައްކާކުރާ ކާރުހާނާއެއްވެސް ގާއިމު ކުރުމަށް ސަރުކާރުން ރާވަމުން ދާއިރު، އެތަނުން ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓުކުރުމާއި، ރާއްޖޭގެ އެހެން ކުންފުނިތަކަށް މަސް ވިއްކުމުގެ މަސައްކަތްވެސް ކުރާނެއެވެ.
2 Responses
މިހާރު އެއްމެކުޑަކުއްޖާޔަށްވެސް އެގޭނެ ކުރެވޭނެކަންތަކާ ނުކުރެވޭނެކަންތަށް އިހަވަންދޫގަ މަސްގަންނަ މަރުކަޒެއްވެސް ނުންއަޅާދެވޭނީ ފެނަކަ ސައިދުއަށްތިމަންނަގެ އިތުބާ އެބައޮތޭބުނީމަ އެއިތުބާރުއޮތްކަން އެގޭނެ އެހރންގޮތެއްދިމާވާ ދުވަހަކުން އެގޮތަށް އަނަނިވެސް އޭނަޔަށް އިތުބާރުކުރި ވަރަށްބޮޑަށް މިހާރު އަންނިޔަށްވެސް އެގިއްޖެ އެއީކާކުކަން
ރިޔާސީ އިންތިހާބު ގާތްވާ ވަރަކަށް އެއިރެއްގަ ރައީސަކަށް ހުއނަ ބޭފުޅަކު ރައިޔަތުންނަށް ތަރިވެސް ބާލަދެއްވާނެ ރައީސްކަން ލިބުމުން ރައިޔަތުން މަތިން ހަދުމަ ނެތި ދާކަނ މިހާރު ރައިޔަތުން ދައްނަން ވެއްޖެ މިސާލަކަށް ކޮމަންޑޫދާއިރާ ކާމިޔާބު ކުރުމަށްޓަކާ އެއަތޮޅުގަ ރިސޯޓު ތަށްވެސް ހުޅުވި ދެކޮމަންޑޫ އެއްކޮމަންޑޫ އެއްކޮމަންޑު އަކަށް ވެސް ހެދިއްޖެ މީކުޑަ މިސާލެށް ރައިޔަތުން ގުބޯ ނުވާތި