screenshot_27_-_copy

ސިންގަޕޫރުގައި ތާޒާ މަހުގެ އަގު %20 އަށް އުފުލިއްޖެ

ސިންގަޕޫރުގައި ތާޒާ މަހުގެ އަގު 20 ޕަސެންޓަށް އުފުލިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އިންފްލޭޝަން އާއި އެކު ސިންގަޕޫރުގައި ތަކެތީގެ އަގުތައްވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މީގެތެރެއިންްވެސް އެންމެ ބޮޑަށް އަގު އުފުލުނު އެއް ބާވަތަކީ ތާޒާ މަހެވެ.

މަސް ވިއްކާ ފަރާތްތަކުން ސިންގަޕޫރުގެ ސިން މިންގް ޑެއިލީ ނިއުސްއަށް މައުލޫމާތުދީފައިވާ ގޮތުގައި އެންމެ ބޮޑަށް އަގު އުފުލުނު އެއް ބާވަތަކީ ރަތް މަހެވެ. އެގޮތުން މިހާރު ރަތް މަހެއްގެ އަގު ބާޒާރުގައި އުޅެނީ 35 ޑޮލަރަށެވެ. މިއާއެކު މަހުގެ ވިޔަފާރިއަށްވެސްް ވަނީ އަސަރުކޮށްފައެވެ.

ސެޕެނިޝް މެކެރެލްސްގެ އަގުވެސް ވަނީ ސިންގަޕޫރުގައި ވަރަށް ބޮޑަށް އުފުލިފައެިެވެ. އެގޮތުން ކުރިން 18 ޑޮލަރަށް ކިލޯއެއް ލިބުނު ނަމަވެސް މިހާރު މިމަހުގެ އަގުވަނީ ކިލޯއެއް 23 ޑޮލަރަށް އުފުލިފައެވެ.

މަހުގެ އަގުތައް އުފުލެމުން ދިޔުމާއި އެކު ކަސްޓަމަރުންގެ އަދަދުވެސް ދަނީ މަދުވަމުން ކަމަށް މަސް ވިއްކާ ފަރާތްތަކުން ބުނެއެވެ. އަދި ރެސްޓޯރެންޓުތަކަށްވެސް ގަންނަ މަހުގެ އަދަދު މަދުވެފައިވާކަން އެފަރާތްތަކުން ފާހަގަ ކުރެއެވެ.

ކުރިއަށް އޮތްތާގައިވެސް މަހުގެ އަގު އުފުލެމުންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި އަގުތައް ދަށަށްދާން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީމަހަށް ފަހު ކަމަށްވެސް މަހުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން ލަފާކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!