ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން

ބީކޭއެމްޔޫގެ ކަންބޮޑުވުން: ހަމައަގު ކަނޑަނޭޅޭ، ތެލުގެ އަގު ބޮޑު، އައިސް ލިބުން ދަތި، ސަރުކާރުން އަޅައެއް ނުލާ

ބީކޭއެމްޔޫގެ ކަންބޮޑުވުން: ހަމައަގު ކަނޑަނޭޅުމާއި ތެލުގެ އަގު ބޮޑުވުން އަދި އައިސް ލިބުން އިންތިހާއަށް ދަތިވާއިރު ސަރުކާރުން އަޅާނުލާކަމަށް ބުނެ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ކަންބޮޑުވުން ފާޅުކޮޮށްފިއެވެ.

ބޮޑުކަންލި މަސްވެރިންގެ ހައްޤުތަށް ހިމާޔަތްކޮށް ކުރިއެރުވުމަށް އުފައްދާފައިވާ ޖަމުއްޔާ ބީކޭއެމްޔޫ އިން ބުނީ، އެ ޖަމުއްޔާގެ މިވަގުތުގެ އެންމެ މުހިންމު މަސައްކަތަކީ ބޮޑުކަންނެލި ގަނެވޭނެ އެންމެދަށްއަގެއް ކަނޑައެޅުމަށް މަސައްކަތްކުރުން ކަމަށެވެ.

ސަބަބަކީ ކިރިޔާވެސް މަހެއް ބޭނޭއިރަށް މަހުގެ އަގު ދެކޮޅުނުޖެހޭވަރަށް ދައްކޮށްލާތީ ކަމަށް އެ ޖަމުއިއްޔާއިން ބުނެއެވެ.

"މިސަރުކާރުން މަސްވެރިންނަށް ވެފައިވާ ހަމައަގުގެ ވައުދުފުއްދަންކަމަށް ބުނެ ސަރުކާރާއި ކަންނެލި ގަންނަ ފަރާތްތަކާއި އެކު 2021 ވަނަ އަހަރު ޖޫން މަހުތެރޭ ކޮންމެވެސް ވަރަކަށް މަޝްވަރާކުރެވުނު ކަމުގައިވިޔަސް އޭގެފަހުން އެއްވެސް މަޝްވަރާއެއް ކުރެވިފައި ނުވާކަމުގައި ދަންނަވަން. މަސް ގަންނަފަރާތްތަކާއި އެކު އެއްބަސްވުމަކަށް ނާދެވުމުން ސަރުކާރާއި އެކު މަޝްވަރާތަށް ކުރިޔަށްގެންދިއުމަށްވާނީ ތަކުރާރުކޮށް އެދިފައި. ނަމަވެސް ދަށް އަގު ކަނޑައެޅުމުގައި އިތުރު ކުރިއެރުމެއް ލިބިފައި ނުވާކަމުގައި ދަންނަން،" ބޮޑުކަންނެލި މަސްވެރިކަމުގެ ސިނާއަތް ދުވަހުން ދުވަހަށް ދަށައްގޮސް ނެތިހިނގައިދާނެ ކަމުގެ ބިރު މިހާރު ހީވަން ފަށައިފިކަން ފާހަގަ ކުރަމުން ބީކޭއެމްޔޫއިން ބުންޏެވެ.

މީގެ އިތުރުން ތެލުގެ އަގު އިންތިހާއަށް ބޮޑުކަމުން، ޙަރަދު އެތައް ތަނަކުން އިތުރުވެފައި ވާކަމަށް ބީކޭއެމްޔޫއިން ބުނެއެވެ. އަދި މަސްވެރިންނަށް ސަރުކާރުން އުތުރާއި ދެކުނުގައި ކަނޑައަޅައިފައިވާ ސަބްސިޑީ ތެޔޮ، މާލެ ސަރަހައްދުން ނުލިބޭތީ، ކަންނެލި މަސްވެރީން ތެޔޮއަޅާންޖެހެނީ އެންމެ ބޮޑުއަގުގައި ކަމަށް އެ ޖަމުއިއްޔާގެ ބަޔާނުގައިވެއެވެ.

ބީކޭއެމްޔޫއިން ބުނީ، މިކަން ހައްލުކޮށްދިނުމަށް ތަކުރާރުކޮށް އެދުމުންވެސް މިހާތަނަށް ދިނީ ބީރުކަންފަތެއް ކަމަށެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދިއަނަމަވެސް ރާއްޖެއިން ތެޔޮގަންނަން ލިބޭ އަގު ދައްނުވުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ.

"ހަމައެގޮތަށް އައިސް ލިބުން ދަތިވެފައިވާ މިދަނޑިވަޅުގައި، ދަރަނީން ސަލާމަތް ނުވެފައިވާ ފެނަކަ ކޯޕަރޭޝަންއާއި، މިފްކޯގެ އައިސް ޕުލާންޓްތަށް ހަވާލު ކުރުމަކީ ބުއްދީގެ ހަމަތަކުން ބަލާއިރުވެސް އޭގެ ނުރަގަނޅު އަސަރު މަސްވެރިންނާށްކޮށް އިތުރަށް އައިހުގެ އަގު ބޮޑުވެ، ކިޔޫގައި ތިބެންޖެހޭ ދުވަސްތަށް އިތުރުވާނެ ކަމެއްކަމުން، އެނިންމުން ބަދަލުކޮށް އަލުން އަނބުރާ މިފްކޯއަށް ހަވާލު ކުރުމަށް ގޮވާލަން" ބީކޭއެމްޔޫގއ ބަޔާނުގައިވެއެވެ.

ބޮޑުކަންނެލި މަސްވެރިކަމުގެ ސިނާއަތް ހަރުދަނާގޮތެއްގައި ކުރިޔަށްދިއުމަށް އަދުގެ ހާލަތަށްބަލާއިރު، ސަރުކާރުގެ އަޅާލުމެއް ނެތް އިރު، ކަންނެލި ގަންނަ ފަރާތްތަކުގެ ހާލަތު ރަނގަޅުވުމަކީވެސް މުހިންމު ކަމެއްކަމުގައި ދެކޭކަމަށް އެ ޖަމުއްޔާއިން ބުންޏެވެ.

ނަމަވެސް ސަރުކާރުގެ އެންބާރުލުން ނުލިބި ކަންނެލި ގަންނަ ކުންފުނިތަކަށް ކަންނެލި ގަނެވޭ މިންވަރު ދަށްވެ، ކަންނެލި ނުކިރި ކިއުގައި އެތަށް ދުވަހަކު ތިބެންޖެހޭ ހާލަތަށް ގޮސްފައިވާ ކަމަށާއި ކިރާ ކަންނެއްޔަށް ދުވަހުން ދުވަހަށް ފައިސާ ނުލިބޭކަމީ އެ ޖަމުއްޔާގެ މެންބަރުންގެ ނުހަނުކަންބޮޑުވުން އޮތް ކަމެއްކަމަށް ބީކޭއެމްޔޫއިން ބުންޏެވެ.

މޫސުމަށް އަންނަ ބަދަލާއި މަސްވެރިކަމަށް އަންނަ ބަދަލާއި، ދުނިޔެ ހިނގުމަށް އަންނަ ބަދަލަށް މަސްވެރިންނާއި އޮޑިވެރިން ހޭލުންތެރި ކުރުވުމުގެ މުހިންމުކަން އިންތިހާއަށް ބޮޑުކަމަށާއި މި ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ނުކުޅެދިފައި ވާކަމަށް ބީކޭއެމްޔޫއިން ބުންޏެވެ.

މި ހުރިހާ ކަމަކާއެކު، ބޮޑުކަންނެލި މަސްވެރިކަމުގެ ސިނާއަތު ސަލާމަތް ކުރުމަށް ސަރުކާރުގެ ޒިންމާ ނުހަނު ބޮޑުއިރު، 'ވަރިހަމަވެގެން' ނުލިބުމަށް ބީކޭއެމްޔޫއިން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!