ޓީއެސް ލައިން ދޯނީގެ ރިކޯޑާ ގުޅިގެން ކުރީގެ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު، އެ ދޯންޏަށް މަރުހަބާ ދަންނަވައިފިއެވެ.
އެ ދޯނިން ވަނީ، އެއް ދުވަހުން 57 ޓަނު މަސް ބާނައި، ދިވެހި ރާއްޖޭގައި، ދޮށީގެ މަސްވެރިކަމުގައި އެއްދުވަހުން އެންމެ ގިނަ މަސް ބޭނި ރެކޯޑު ގާއިމު ކޮށްފިއެވެ.
މިކަމާ ގުޅިގެން މަރުހަބާ ދަންނަވާ ޒަހާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި ކާމިޔާބީ ހޯދާފައި ވަނީ ޒުވާން މަސްވެރިއެއް ކަމަށްވާ ފަރުހާން ޒާހިރުގެ ކެޔޮޅުކަމުގެ ދަށުގައި ކަމަށާއި ދިވެހި މަސްވެރިންނާމެދު ފަޚުރުވެރިވާ ކަމަށެވެ.
Congratulations, TS-Liner fishing vessel owner Amjad, fishers & crew for establishing a new record catch/day by landing 57.125tonnes of tuna caught sustainably by pole and line; 1 by 1 under the leadership of the young Skipper Farhan Zahir. Proud of our Maldivian fishermen pic.twitter.com/vfVKljznP7
— Zaha Waheed (@ZahaWaheed) September 29, 2022
ޓީއެސްލައިން ދޯނީގެ ރިކޯޑާ ގުޅިގެން، އެ ދޯނީގެ ވެރި ފަރާތާއި މަސްވެރިންނާއި ދޯނީގައި މަސައްކަތް ކުރާ އެންމެންނަށް ޒަހާ ވަނީ މަރުހަބާ ދަންނަވާފައެވެ.
ކުރިން ފިޝަރީޒް މިނިސްޓަރު ކަމުގައި ހުންނެވި ޒަހާ ވަހީދު އެ މަގާމުން ވަކި ކުރެއްވީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެއަށްފަހު އެކަމަނާއަށް ވަނީ މިނިސްޓަރު ފެންވަރުގެ އެހެން މަޤާމެއް ދެއްވާފައެވެ.
އޭގެ ފަހުން ފިޝަރީޒް މިނިސްޓަރުގެ މަގާމަށް އައްޔަނު ކުރީ ޑރ. ހުސައިން ރަޝީދު ހަސަންއެވެ. ޑރ. ހަސަން ކުރިން ހުންނެވީ އެންވަޔަރަންމަންޓްް މިނިސްޓަރު ކަމުގައެވެ. ޑރ. ހުސެއިން ވަނީ 2008 ވަނަ އަހަރު އުފެދުނު ފުރަތަމަ އެމްޑީޕީ ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަޤާމް އަދާކުރައްވާފައެވެ.