ޕާކިސްތާނުގެ މަސްވެރިންތަކެއް،
ޕާކިސްތާނުގެ މަސްވެރިންތަކެއް،

އޮޑިދޮށުމަސްތަކެއް ބާނައިގެން ޕާކިސްތާން މަސްވެރިންތަކަކަށް 7.5 މިލިއަން ރުޕީސްގެ އާމްދަނީއެއް

ޕާކިސްތާނުގައި ދާ ޖަހައިގެން މަސްވެރިކަން ކުރަމުން ދިޔަ ބަޔަކަށް ގިނަ އަދަދެއްގެ އޮޑިދޮށު މަސް ހިފި، އޭގެން ބޮޑު ނަފާއެއް ލިބިއްޖެއެވެ.

ޕާކިސްތާނުގެ ނޫސްތަކުގައިވާގޮތުގައި މަސްވެރިކަމަށް ނުކުމެ އުޅުނު ބައެއްގެ ދަލުގައި މާ ބައިވަރު މަސްތަކެއް ޖެހިގެން ދާ ނަގާ ބެލި އިރު ގިނަ އަދަދަކަށް އޮޑިދޮށު މަސް ދަލުގައި ޖެހިފައި ހުއްޓެވެ. އެގޮތުން މަހުގެ ބަރުދަނުގައި 12800 ކިލޯ ހުރިކަމަށް ޙަބަރުތައް ބުނެއެވެ.

މަސްވެރިން ބޭނި މަސްތައް ވިއްކާފައިވަނީ ނީލަމެއްގައެވެ. އެގޮތުން ކިލޯއެއް 600 ރުޕީސްގެ މަގުން ޖުމްލަ 7.5 މިލިއަން ރުފީސްގެ އާމްދަނީއެއް ވަނީ ލިބިފައެވެ. 7.5 މިލިއަން ރުޕީސްއަކީ 32،600 އެއްހާ ޑޮލަރެވެ.

މައުލޫމާތު ލިބޭގޮތުގައި މަސްވެރިންނަށް މިހާ ބައިވަރު އޮޑިދޮށުމަސް ހިފިފައިވަނީ މާ ކަނޑުގައި މަސްވެރިކަން ކުރަމުން ދަނިކޮށެވެ. އޮޑިދޮށުމަހަކީ އާއްމުގޮތެއްގައި ފަރުމަތީ ހިސާބުތަކުން ބޭނޭ މަހެކެވެ.

އޮޑިދޮށުމަހަކީ ޑިމާންޑު ބޮޑު މަހެކެވެ. އާއްމުގޮތެއްގައި މި ބާވަތުގެ މަހުގެ ކިލޯއެއްގެ އަގު އުޅެނީ 600- 700 ރުޕީސް އާއި ދެމެދުގެ އަގުތަކެއްގައެވެ. އަދި ފިނި މޫސުމުގައި މި މަހުގެ ޑިމާންޑު އިތުރަށް އުފުލިގެންދާއިރު، އަގުތައްވެސް ކިލޯއެއްގެ އަގު 1300 ރުފިޔާއަށް އަރައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!