މިހާރު އެމެރިކާގެ ދެކުނު ކެރޮލައިނާއަށް ކުރަމުންދާ ވިއްސާރައިގައި މަސް ބޯޓެއް ގަދަ ވައިގައި ޖެހި އެ ސްޓޭޓުގެ މަރޓަލް ބީޗަށް ލައްގައިފިއެވެ.
ދެކުނު ކެރޮލައިނާއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ތޫފާން އިއާން ގެ ސަބަބުން ކުރާ ވިއްސާއެކެވެ. އެގޮތުން ގަދަ ވަޔާއެކު ކަނޑުތައް ވަނީ ގަދަވެފައެވެ.
ޙަބަރުތައް ބުނާގޮތުގައި އެއްގަމާއި އެތައް މޭލެއް ދުރުގައި ނަގިލި ވައްޓާފައި އޮތް އެ ބޯޓު ވަނީ ގަދަ ވައިގެ ސަބަބުން ނަގިލި ކަހައިލައިގެން އެއްގަމަށް ދަމައިގަނެފައެވެ. މި ހާދިސާ ހިނގި އިރު ބޯޓުގައި އެއްވެސް ބަޔަކު ނެތެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ބޯޓުގައި މެކޭނިކަލް މައްސަލައެއް އުޅޭތީ ބޯޓުގެ ހުރިހާ ފަޅުވެރިން ތިބީ އެއްގަމުގައެވެ. އެއްގަމަށް ބޯޓު ބީއްސާލާފައިވުމުން ބޯޓަށްވަނީ އެކި ވަރުގެ ގެއްލުންތައްވެފައެވެ. އެގޮތުން އޭގެން ގިނަ އަދަދެއްގެ ތެޔޮވެސް މިހާރުދަނީ ލީކުވަމުންނެވެ.
އޮފިޝަލުން ވަނީ އާއްމުން މި ބޯޓާއި ކައިރި ނުވުމަށް އިލްތިމާޒްކޮށްފައެވެ. ސަބަބަކީ ނުރައްކާތެރި ހާދިސާއެއްް ހިނގުން އެކަށީގެންވާތީއެވެ.