ޔަންގް ފިޝާސް ކްލަބް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އިހަވަންދޫ ސްކޫލް
ޔަންގް ފިޝާސް ކްލަބް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އިހަވަންދޫ ސްކޫލް

އިހަވަންދޫ ސްކޫލުގައި މަސްވެރިކަމަށް ހާއްސަ ކުލަބެއް އުފައްދައިފި

ހއ. އިހަވަންދޫ ސްކޫލުގައި މަސްވެރިކަމަށް ހާއްސަ ކުލަބެއް އުފައްދައިފިއެވެ.

މަސްވެރިކަމަށް މަޝްހޫރު އިހަވަންދޫގައި، ސްކޫލު ކުދިންނަށް ހާއްސަ މަސްވެރި ކްލަބެއް އުފެއްދީ، ކުދިން މަސްވެރިކަމަށް ޝައުގުވެރި ކުރުވަން ކަމަށް އެ ސްކޫލުން ބުނެއެވެ.

އިހަވަންދޫ ސްކޫލުގެ މަސްވެރި ކްލަބަށް ކިޔަނީ "ޔަންގް ފިޝާސް ކްލަބް"އެވެ.

އެ ކްލަބު އިފްތިތާހު ކުރުމަށް މިދިޔަ ހުކުރު ދުވަހު އިހަވަންދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ބައިވެރިވެވަޑައިގެން، ކްލަބް އިފްތިތާހު ކޮށްދެއްވިއެވެ.

ޔަންގް ފިޝާސް ކްލަބް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އިހަވަންދޫ ސްކޫލް

ފައުންޑޭޝަނުން ފެށިގެން ގްރޭޑު 12 އާ ހަމައަށް ކިޔަވައިދޭ އިހަވަންދޫ ސްކޫލުގައި 850 އަށް ވުރެ ގިނަ ކުދިން ތައުލީމު ހާސިލު ކުރެއެވެ. އޭގެ ތެރެއިން މި ކްލަބުގައި ހަރަކާތްތެރި ވާނީ ގްރޭޑް 6،7،8 ގެ ދަރިވަރުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!