މަސްވެރިންގެ ދުވަހަށް ތައްޔާރުވުމަށްޓަކައި ދުވަހު އުޖޫރައަށް ގދ. ފަރެސްމާތޮޑާގައި މަސައްކަތް ކުރާނެ މީހުން ހޯދަން ފަށައިފިއެވެ.
ފަރެސްމާތޮޑާ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ރަސްމީ އިހްތިފާލަށް ތައްޔާރު ވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި ކޮންޓްރެކްޓް އުސޫލުން، ދުވަހު އުޖޫރައަށް މީހުން ހޯދުމަށް ބޭނުންވާ ކަމަށެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަ ކުރާނީ ފަރެސްމާތޮޑާގައި
އެ ކައުންސިލުން ހޯދަނީ، 70 ދުވަހުގެ މުއްދަތަށް މަސައްކަތް ކުރާނެ 10 ފިރިހެނުންނެވެ.
އިއުލާނުގައި ބުނީ، މަސައްކަތް ކުރަން ޖެހޭނީ ހުކުރު ދުވަސް ފިޔަވާ، ކޮންމެ ދުވަހެއްގެ ހެނދުނު 8:00ން ފެށިގެން ހަވީރި 5:00އަށް ކަމަށެވެ. މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 350 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވާއިރު، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ ކަމަށް އެ ކައުންސިލްގެ އިއުލާނުގައިވެއެވެ.
ކުރަންޖެހޭ މަސައްކަތްތައް:
- މަގުމަތި ކޮނުން
- ރޭނުން
- ސިމެންތި ޖެހުން
- ކޮންކްރީޓް މަސައްކަތް ކުރުން
- ހިޔާ ކުރުން
- ކުލަލުން
- ކަރަންޓް ވަޔަރިންގެ މަސައްކަތް
- ކައުންސިލުން ދައްކާ އިތުރު މަސައްކަތް
މި މަސައްކަތްތަކަށް ކަނޑައެޅިފައިވާ ދެ ޝަރުތަކީ، އެ މީހަކީ އުމުރުން 18 އަހަރާ 65 އަހަރާ ދެމެދުގެ ފިރިހެނެއްކަމަށް ވުމާއި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ސިއްހަތެއްގައި ހުރުމެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން، އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 2:00ގެ ކުރިން ސިޓީއަކާއި ވަނަވަރު އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް އެ ކައުންސިލަށް ހުށަހަޅަން ޖެހެއެވެ. ނުވަތަ މެއިލް ކުރަން ޖެހެއެވެ.
އިތުރު މައުލޫމާތު ހޯދުމަށް، ކައުންސިލްގެ ނަންބަރު 6840032ށް ގުޅުމަށް ކައުންސިލުން އެދެއެވެ.