މަސްވެރިކަމާއި ގުޅޭ

އައްޑޫ ސިޓީ މަރަދޫ، ފޮޓޯ- އައްޑޫ ސިޓީ ފޭސްބުކްޕޭޖް، އެލީ
އައްޑޫ ސިޓީ މަރަދޫ، ފޮޓޯ- އައްޑޫ ސިޓީ ފޭސްބުކްޕޭޖް، އެލީ

އައްޑޫއިން ގެއްލުނު މީހާ ފެނުނީ މަސްދޯންޏެއްގައި ހުއްޓާ

އައްޑޫ ސިޓީ ހިތަދޫއިން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނުނީ، މަސް ދޯންޏެއްގައި ހުއްޓާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.

ގެއްލިގެން ހޯދީ، އުބައިދުﷲ ހަސަން (28އ)އެވެ.

އޭނާ ގެއްލިގެން ފުލުހަށް ރިޕޯޓު ކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ 08:00 ހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އޭރު އޭނާ އެންމެ ފަހުން ފެނުނު ދުވަހެއް ކަމަށް ބުނެފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

ނަމަވެސް ރޭ ފުލުހުން ކުރި ޓުވީޓެއްގައި ބުނީ، އުބައިދުﷲ ހަސަންއާ ފުލުހުންނަށް މިހާރު ގުޅިފައި ވާކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށާއި އޭނާ މިވަގުތު ހުރީ މަސްދޯންޏެއްގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!