މަސްވެރިކަމާއި ގުޅޭ

ކޫއްޑޫ
ކޫއްޑޫ

ކޫއްޑޫ އިމާރާތެއްގެ ފުރާޅުމަތިން ވެއްޓުނު މީހާ މަރުވެއްޖެ

ކޫއްޑޫގެ އިމާރާތަކުން ވެއްޓުނު މީހާ މަރުވެއްޖެއެވެ. އޭނާ މަރުވީ، ވެއްޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް، އިއްޔެގެ ވަގުތެއްގައެވެ.

ކޫއްޑޫގައި މަސައްކަތްކުރާ، އިންޑިޔާއަށް ނިސްބަތްވާ އެމީހާ އިމާރާތެެއްގެ ފުރާޅެއް މަތިން ވެއްޓުނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އޭނާގެ ހާލު ސީރިއަސްވެ، މާލެގެނެސް ފަރުވާ ދީފައި ވަނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގައެވެ.

ކޫއްޑޫގެ ފުރާޅެއްމަތިން ވެއްޓި، ބިދޭސީއެއް ސީރިއަސް ހާލުގައި

ކޫއްޑޫގައި މަސައްކަތް ކުރަމުންދާ، އިންޑިޔާއަށް ނިސްބަތްވާ މި މީހާ އުޅުނީ ފުރާޅުގެ ޓިނު ބަދަލު ކުރަން ކަމަށާއި، އެތަނުން އެއްޓުމުގެ ސަބަބުން އޭނާގެ ބޮލަށް ބޮޑު ގެއްލުމެއް ލިބިފައިވާކަމަށް މިފްކޯގެ ތަރުޖަމާނަކު ބުންޏެވެ.

އޭނާއަށް ފަރުވާ ދިނުމަށްޓަކައި ފުރަތަމަ ގެންގޮސްފައި ވަނީ ގއ އަތޮޅު ހޮސްޕިޓަލަށެވެ.

ވިހި ފޫޓު އުސް އިމާރާތަކުން ވެއްޓި ހާލު ސީރިއަސްވުމާ ގުޅިގެން މިހާރު މަސައްކަތް ކުރަމުންދަނީ އޭނާ މާލެ ގެންދިއުމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!