މަސްވެރިކަމާއި ގުޅޭ

viber_image_2022-10-06_13-34-50-227

ތުރާކުނު ބޮއި ކަނޑައިގެން ގޮސްފައިވާތާ ގިނަދުވަސް ވުމުން މަސްވެރިން ކަންބޮޑުވުން ފާޅުކުރަނީ

ހއ ތުރާކުނާ ދިމާ ބޭރުގައި އަޅާފައިވާ ބޮއި ކަނޑައިގެން ގޮސްފައިވާތާ ގިނަދުވަސް ވުމުން މަސްވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

މަސްވެރިންގެ ކަންބޮޑުވުން ހިއްސާކުރަމުން މަސްވެރިން ބުނީ، ކަނޑައިގެންގޮސް ގިނަ ދުވަސްތަކެއް ވެފައިވާ ތުރާކުނު ބޮއެ (ފަރުކޮޅުބޮއެ) އަދިވެސް އަޅާފައި ނުވާތީ އެކަމާ ކެޔޮޅުން ވަރަށް ކަންބޮޑުވާ ކަމަށެވެ.

މައުލޫމާތުލިބިފައިވާ ގޮތުގައި ބޮއެ ކަނޑައިގެން ގޮސްފައިވަނި މިއަހަރުގެ ބޮޑު އީދުގެ ކުރިން ކަމަށާއި ކެނޑުނުފަހުން އެ ބޮއެ އައުނުކޮށް ދޫކޮށްލައިފައިވާކަމަށް މަސްވެރިން ބުނެއެވެ.

ތުރާކުނު ބޮޔަކީ އުތުރުގެ މަސްވެރިން މަސްވެރިކަމުގައި އެންމެގިނައިން ބޭނުންކުރާ އެއްބޮއެކަމަށްވެސް މަސްވެރިން ބުނެއެވެ.

"ބޮއެ ކަނޑައިގެންގޮސްފައިވާކަން މިނިސްޓްރީ ގެ ސަމާލުކަމަށް މީގެ އެތަކެއް ދުވަހެއް ކުރިން ގެނެވިފަކަމަށް މައުލޫމާތުލިބޭ،" މަސްވެރިން ބުންޏެވެ.

މިނިސްޓްރީން ވަނީ މިދިޔަ އާދީއްތަ ދުވަހު، އޮއިވާލި ކަނދުފަތީގެ ޕޮޒިޝަން ލިސްޓް އާއްމުކޮށްފައެވެ. އެ ލސިްޓުގައި ވާގޮތުން، ތުރާކުނުގެ ހުޅަނގު އުތުރުން 16.5 މޭލު ބޭރުގައި ހަރުކޮށްފައިވާ ކަނދުފަތި ވަނީ ކަނޑައިގެން ގޮސްފައެވެ. އެ ކަނދުފަތި އެންމެ ފުރަތަމަ ހަރުކޮށްފައި ވަނީ 2015 ވަނަ އަހަރުއެވެ.

ދޮށީގެ މަސްވެރިކަމަށް ޚާއްޞަކޮށް ޤާއިމްކޮށްފައިވާ ކަނދުފަތީގެ ވިޔުގައިން އެކިސަބަބުތަކާހުރެ ކަނޑައިގެން ގޮސްފައިވާ ފަސް ކަނދުފައްޗެއް އަލުން ގާއިމު ކުރެވިއްޖެ ކަމަށް މިިދިޔަ ހުކުރު ދުވަހު ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

ކަނޑައިގެން ގޮސްފައިވާ 5 ކަނދުފައްޗެއް ވާނީ އަލުން ގާއިމު ކޮށްފަ: މިނިސްޓްރީ

އޮއިވާލި ކަނދުފަތިތައް ޤާއިމްކުރުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. މިއީ ކަނދުފަތި ގާއިމު ކުރުމަށް މި އަހަރު މިނިސްޓްރީން ކުރި ހަ ވަނަ ދަތުރެވެ. މިދަތުރުގައި މ. ތ. ގއ. ގދ އަދި ޏ އަތޮޅުން ކަނޑައިގެންގޮސްފައިވާ ފަސް ކަނދުފަތި ވަނީ ޤާއިމްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!