މަސްވެރިކަމާއި ގުޅޭ

އަތުލައިގަތްމަސްބޯޓު- ފޮޓޯ- ދަ ސްޓާ
އަތުލައިގަތްމަސްބޯޓު- ފޮޓޯ- ދަ ސްޓާ

މެލޭޝިއާގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދިޔަ ވިއެޓްނާމްގެ މަސް ބޯޓެއް އަތުލައިގަނެފި

މެލޭޝިއާގެ ކަނޑުގެ ސަރަހައްދުން ޤަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ވިއެޓްނާމްގެ މަސް ބޯޓެއް އަތުލައިގަނެފިއެވެ.

ވިއެޓްނާމުގައި ރަޖިސްޓްރީކޮށްފައިވާ އެ މަސް ބޯޓު އަތުލައިގަތް އިރު ބޯޓުގައި 3500 ކިލޯގެ މަސް ހުއްޓެވެ. މެލޭޝިއާގެ މެރިޓައިމް އެމްފޯސްމަންޓް އެޖެންސީއިން މައުލޫމާތު ދޭގޮތުގައި އާއްމުންގެ ބަޔަކު ދިން މައުލޫމާތަކާއި ގުޅިގެން ޕެޓްރޯލް ބޯޓުތައް އެ ސަރަހައްދަށް ގޮސް ޗެކްކުރީއެވެ. އަދި ބޯޓުގައި 17-47 އަހަރާއި ދެމެދުގެ އުމުރުފުރައިގެ 21 މަސްވެރިން ތިބިކަމަށާއި، އޭގެ އެއްވެސް މީހެއް އަތުގައި ކާކުކަން އަނގައިދޭ އެއްވެސް ލިޔުމެއްް ނެތް ކަމަށެވެ.

ވިއެޓްނާމުގެ ބޯޓު އަތުލައިގަތްއިރު ބޯޓުގައި 3500 ކިލޯގެ މަހާއި، 1000 ލީޓަރުގެ ޑީސަލް އަަދި މަސް ބޭނުމަށް ބޭނުންކުރާ ތަފާތު އެކި ވަތްތަރުގެ އާލާތްތައް ހުރިކަމަށް މެރިޓައިމް އެންފޯސްމަންޓު އެޖެންސީއިން މައުލޫމާތުދެއެވެ. އަދި އެބޯޓުގައި މެލޭޝިއާގެ ކަނޑުގެ ސަރަހަައްދުގައި މަސްވެރިކަން ކުރުމުގެ ހުއްދަ އެއްވެސް ނެތްކަމަށް އެ އެޖެންސީއިން މައުލޫމާތުދެއެވެ.

މި މައްސަލަ ދަނީ މެލޭޝިއާގެ ކަމާގުޅޭ ވުޒާރާތަކުން ބަލަމުންނެވެ. އަދި ކަނޑުމަތިން ފެންނަ ޝައްކުކުރެވޭ މަސް ބޯޓުތަކާ ގޫޅޭ މައުލޫމާތުތައް ހިއްސާކުރަމުން ގެންދިޔުމަށް މެރިޓައިމް އެންފޯސްމަންޓު އެޖެންސީއިން ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!