މަސްވެރިކަމާއި ގުޅޭ

ބޯކޮށް ވާރޭ ވެހުނު ދުވަހަކު މާލޭގެ މަގުމަތި -- ފޮޓޯ/ ދައުރު
ބޯކޮށް ވާރޭ ވެހުނު ދުވަހަކު މާލޭގެ މަގުމަތި -- ފޮޓޯ/ ދައުރު

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ގއ އަތޮޅުން ފެށިގެން އައްޑޫއަށް ޔެލޯ އެލަރޓް ނެރެފި

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށްއަށް ޔެލޯ އެލަރޓް ނެރެފިއެވެ.

ދިވެހިރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ، މިއަދު މެންދުރުގެ ނިޔަލަށް، އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

މީގެ ކުރިން މެޓުން ވަނީ ހަމަ މި ސަރަހައްދަށް ވައިޓް އެލަރޓްވެސް ނެރެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!