ބަންޑުން ޖަހާލާފައި އޮތް ލޯންޗެއް ފެނުމާ ގުޅިގެން، އެ ލޯންޗާ ބެހޭ މަޢުލޫމާތު އެނގޭނަމަ ކޯސްޓްގާޑަށް އަންގަން އެމްއެންޑީއެފްއިން އެދިއްޖެއެވެ.
އެމްއެންޑީއެފްއިން ބުނީ، ބަންޑުންޖަހާލާފައި އޮތް ލޯންޗް ފެނުނީ އއ. މާޅޮހުގެ ދެކުނުން ކަމަށެވެ.
މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލާފައި އޮތް ލޯންޗެއް ފެނުމާ ގުޅޭ:https://t.co/QHlhslzurq pic.twitter.com/O7NSzFUDCL
— Maldives National Defence Force (@MNDF_Official) October 7, 2022
މި ލޯންޗު ފެނުނުއިރު މި ލޯންޗުގައި އެއްވެސް މީހަކު ނެތް ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. އެހެންކަމުން، މި ލޯންޗާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 ،3398898 ނަންބަރަށް އަދި ވައިބަރ ކުރާނަމަ 9931082 އަދި ފެކްސް ކުރާނަމަ 3391665 ނަމްބަރަށް ފެކްސް ކުރުމަށް އެމްއެންޑީއެފްއިން ވަނީ އެދިފައެވެ.