ގެއްލުނު ޑައިވަރަކު ހޯދުމަށް އެމްއެންޑީއެފުން ހަރަކާތްތެރިވަނީ-- ފޮޓޯ: އެމްއެންޑީއެފް
ގެއްލުނު ޑައިވަރަކު ހޯދުމަށް އެމްއެންޑީއެފުން ހަރަކާތްތެރިވަނީ-- ފޮޓޯ: އެމްއެންޑީއެފް

މާލެއިން އަރިއަތޮޅަށް ދަތުރުކުރި ލޯންޗެއް ބަންޑުންޖަހާލައި، އެކަކު ގެއްލިއްޖެ

މާލެއިން ފުރައިގެން އއ އަތޮޅަށް ދަތުރުކުރި ލޯންޗެއް ބަންޑުންޖަހާލައި، އެކަކު ގެއްލިއްޖެއެވެ.

ފުލުހުން ބުނީ، އިއްޔެ މެންދުރު 13:00 ހާއިރު މާލެއިން ފުރައިގެން އއ. އުކުޅަހަށް ދަތުރުކުރި ލޯންޗެއްގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ލޯންޗުފުރީ މާލެ، ކުރީގެ ކުނިކޮއްޓާ ދިމާއިން ކަމާއި އެ ލޯންޗުން ދަތުރުކުރީ ދިވެހި ދެ ފިރިހެނުންކަމަށް މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ބުންޏެވެ.

އެ ލޯންޗު ބަންޑުންޖަހާލާފައި އޮއްވައި އއ. މާޅޮސް ކައިރިން މިއަދުވަނީ ފެނިފައެވެ.
އެ ލޯންޗުން ދަތުރުކުރި ދެ މީހުންގެ ތެރެއިނ އެކަކު، އއ. ފެރިދޫ ފުއްޓަރާ ދިމާއިން ފެނިފައިވާ ކަމަށާއި ފެރިދޫ ސިއްހީ މަރުކަޒުގައި އެ މީހާއަށް ފަރުވާދެމުން ދާކަމަށް ފުލުހުން މައުލޫމާތުދިނެވެ.
ދެވަނަ މީހާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެމީހާ ފެނިއްޖެ ނަމަ ނުވަތަ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމާ 119 ނުވަތަ 3322111 އަށް ހިއްސާކޮށްދެއްވުމަށް ފުލުހުން އެދުނެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. އަސްލު އޮޅޭގޮތަށް ހަބަރު ލިޔުން ހުއްޓާލަން ވެއްޖެއެއްނު.. މާލެއިން ފުރައިގެން ބޭރުގައޮތް އެއްޗެއް ކައިރިއަށް މުދާ ބަރުކުރަން ދިޔަވާހަކަ ޖަހާބަލަ...