ހޮލީއަށް ބޭނުނު އާދަޔާ ހިލާފު މަސް
ހޮލީއަށް ބޭނުނު އާދަޔާ ހިލާފު މަސް

މަދުން ނޫނީ ނުފެންނަ ބާވަތުގެ މަހެއް އެމެރިކާ މީހަކަށް ބޭނިއްޖެ

މަދުން ނޫނީ ނުފެންނަ ބާވަތުގެ މަހެއް އެމެރިކާގެ އަންހެނަކަށް ބޭނިއްޖެއެވެ.

އޭނާ މިމަސް ބާނާފައިވަނީ ޕޮންޑެއް ނުވަތަ ފެންގަނޑަކުންނެވެ. އެމެރިކާގެ މިސޯރީގައި ދިރިއުޅޭ ހޮލީ ހަޑަން އާއިލާ އާއި އެކު މަސް ބޭނުމަށް ދިޔައީ މަޖާ ވަގުތުތަކެއް ހޭދަކޮށްލުމަށެވެ. ވާހަކައިގައި ހުރެގެން މަސް ބޭނުމާއިގެން އުޅުންއިރު، ނަނުގައި މަސް ގަތް އިރުވެސް އޭނާއަށް ނޭގެއެވެ.

އޭނާގެ ބޭބެ ނަނު އެބަ ތެޅެޔޭ ބުނުމުން ފެނުން މައްޗަށް މަސް ނެގި އިރު ހޮލީއަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ރަން ކުލައިގައި އިން އެމަހަކީ އޭނާ އަށް މީގެ ކުރިން ދުވަހަކުވެސް ފެނުނު ވަތްތަރުގެ މަހެއް ނޫނެވެ.

މި މަހަކީ ގޯލްޑަން ކްރެޕީއެއް ކަމަށް މައުލޫމާތުލިބެއެވެ. އޭނެ ހަނގަޑު ރަން ކުލައަށް ބަދަލުވަނީ ޖެނެޓިކް މައްސަލައަކާއި ގުޅިގެންނެވެ. ދިގު މުގައި 13 އިންޗި ހުރި މި މަހުގެ އަސްލު ކުލައަކީ ކަޅާއި ހުދެވެ.

ސޯޝަލް މީޑިއާގައި މި މަހުގެ ފޮޓޯ ހިއްސާ ކުރުމުން ގިނަ ބައެއްގެ ސަމާލުކަން ވަނީ މިމަހަށް ލިބިފައެވެ. ހޮލީ ބުނާގޮތުގައި ފޮޓޯގައި ފެންނަ ވަރަށް ވުރެ ހަމަ ލޮލަށް މިމަހުގެ ކުލަ މާ ރީއްޗެވެ.

ހޮލީ ވަނީ މި މަސް ކުޑަ ޕޮންޑަކަށް ލާފައެވެ. އަދި ފަހުން އަނބުރާ އޭތި ބޭނި ޕޮންޑަށް ދޫކޮށްލާނެ ކަމަށް ހޮލީ ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!