viber_image_2022-10-07_14-41-21-059

ބަންޑުން ޖަހާލި ލޯންޗުން ގެއްލުނީ އައްޑޫ ޒުވާނެއް

އއ. މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލި ލޯންޗުން ގެއްލުނީ އައްޑޫ ހިތަދޫ ޒުވާނެއް ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން ދަނީ ސ.ހިތަދޫ، މިންހާ, މުޙައްމަދު މިންހާޖު، 28، އެވެ.

އެމްއެންޑީއެފްއިން ބުނީ، މިންހާޖު ގެއްލުނު އިރު ލައިގެން ހުރީ އަޅި ކުލައިގެ އަތް ދިގު ޓީޝާޓަކާއި ނޫ ކުލައިގެ ޖިންސެއް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

މިންހާޖު ހޯދުމަށް 35 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައި ވާކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދިނެވެ.

އެމްއެންޑީއެފްއިން ބުނީ އެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީއާއި ފާސްޓް އިންޓަސެޕްޓް ކުރާފްޓް "ހަކުރާ" އަދި އެމްއެންޑީއެފް ޑޯނިއަރ ފްލައިޓް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން ކަމަށެވެ.

މާލެއިން އަރިއަތޮޅަށް ދަތުރުކުރި ލޯންޗެއް ބަންޑުންޖަހާލައި، އެކަކު ގެއްލިއްޖެ

"މި މީހާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 ،3398898 ނަންބަރަށް އަދި ވައިބަރ ކުރައްވާނަމަ 9931082 އަދި ފެކްސް ކުރައްވާނަމަ 3391665 ނަމްބަރަށް ފެކްސްކުރެއްވުން އެދެން،" އެމްއެންޑީއެފް މީޑިޔާ އޮފިޝަލަކު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!