viber_image_2022-10-06_14-36-20-898

އެމްޑީޕީ މަޑުއްވަރީ ދާއިރާގެ ނައިބު ރައީސް، ލަނޑާ މަސްވެރިންނަށް ބައި މިލިއަނަށް ދަރާފައިވާ ކަމުގެ ތުހުމަތު

އެމްޑީޕީ މަޑުއްވަރީ ދާއިރާގެ ނައިބު ރައީސް (ގައްދޫ ކުޑޭ)، ލަނޑާ މަސްވެރިންނަށް ބައި މިލިއަން ރުފިޔާއަށް ދަރާފައި ވާކަމަށް މަޑުއްވަރީ މަސްވެރިން ތުހުމަތު ކޮށްފިއެވެ.

ރ. މަޑުއްވަރީ މަސްވެރިން ބުނީ، މަޑުއްވަރީ އެތައް ދޯންޏަކުން ލަނޑާ ގަންނަން ކުޑޭ، ބައި މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ދަރާފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.

މި ފައިސާ ނުލިބި ލަސްވާތީ، ލަނޑާ މަސްވެރިން ކުޑޭއަށް ގުޅާތާ އެތައް ދުވަހެއް ވެއްޖެ ކަމަށާއި، ލަނޑާ ކިރާތާ އެންމެ ލަސްވެގެން ހަފްތާއެއްތެރޭގައި ރުފިޔާކޮޅު ނުދެވޭނެމަ، ލަނޑާތަކުން ހުއްޓާލުމަށްފަހު 'އެހެން ކަމަކާ އުޅެން' މަޑުއްވަރީ މަސްވެރިން ވަނީ ގޮވާލާފައެވެ.

"މަޑުއްވަރީ މަސްވެރިންނަށް ދަރާފައި އޮތް ދަރަނި، ވީ އެންމެ އަވަހަކަށް ދައްކާ ޚަލާސް ކުރުމަށް ގޮވާލަން" މަޑުއްވަރީ މަސްވެރިއަކު ބުންޏެވެ.

މިކަމާ ގުޅިގެން ގަައްދޫ ކުޑޭގެ ބަހެއް ހޯދުމަށް ދެ ދުވަހެއްގެ މަތިން މި ނޫހުން މަސައްކަތް ކުރި ނަމަވެސް ކުޑޭ ފޯނަށް ޖަވާބެއް ނުދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!