9 އަހަރުގެ ކުއްޖެއް 181 ކިލޯގެ ނޫ އުރަހަ ކަންނެއްޏެއް ބާނައިފިއެވެ.
އިނގިރޭސިވިލާތުގެ ސައުތުވެސްޓު ކޯސްޓުގައި އިޒީ ކްރޮޓީ މަސް ދަތުރުކޮށްދޭ ބޯޓެއްގައި މަހަށް ނިކުމެ އުޅުނީ އޭނާގެ ބައްޕަ އާއި އެކުއެވެ. އެމީހުން މަހަށް ނިކުމެ އުޅުނު ބޯޓަކީ ނޫ އުރަހަ ކަންނެލި ބާނާ ޓެގު ޖެހުމުގެ ލައިސެންސް އޮންނަ ބޯޓެކެވެ. އިޒީ ބޭނި މަސްވެސް ވަނީ ޓެގު ޖެހުމަށްފަހު އަނބުރާ ކަނޑަށް ދޫކޮށްލާފައެވެ.
އިނގިރޭސިވިލާތުގެ ކަނޑުތަކުގައި ނޫ އުރަހަ ކަންނެއްޔަކއަކީ ހިމާޔަތް ކޮށްފައިވާ މަހުގެ ބާވަތެކެވެ. އެހެންނަމަވެސް ދިރާސީ ބޭނުންތަކަށް މަސްވެރިންނަށް މިމަސް ބާނާ ޓެގު ޖެހުމަށްފަހު އަނބުރާ ކަނޑަށް ދޫކޮށްލުމުގެ ހުއްދަ އެޤައުމުގެ ސަރުކާރުން އޮންނަނީ ދީފައެވެ. މިކަމަށްވެސް ހާއްސަ ލައިސެންސެއް ހޯދަން ޖެހެއެވެ.
އިޒީ 181 ކިލޯގެ ނޫ އުރަހަ ކަންނެލި ބޭނުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެކަމުގައި އޭނާގެ ބައްޕަވެސް އެހީތެރިވިއެވެ. އެގޮތުން އޭތި ފެނުން މައްޗަށް ހިއްލާލުމަށް 30 މިނެޓު ނެގިއެވެ.