މި ބީލަމުގައި ބައިވެރިވުމަށް، ޝަރުޠު ހަމަވާ އަދި ޝައުޤުވެރިވާ ފަރާތްތަކުން، މި މަހުގެ 20 ވަނަ ދުވަހުގެ 10:00 ގެ ނިޔަލަށް ރަޖިސްޓްރީވުމަށް އެ ކައުންސިލްގެ މެއިލް projects@rasdhoo.gov.mv އަށް އީމެއިލް ކުރުމަށް ނުވަތަ ރަސްމީގަޑީގައި އެ ކައުންސިލްގެ ނަންބަރު 6660714 ފޯނާ ގުޅަގެން ނުވަތަ ރަސްމީގަޑީގައި އެ ކައުންސިލަށް ޙާޟިރުވެ ނަންނޯޓް ކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.
މި މަސައްކަތާގުޅޭ އެއްވެސް ސުވާލެއް ވާނަމަ، މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން، މަތީގައިވާ މެއިލަށް އީމެއިލް ކުރުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.
މި މަސައްކަތުގެ ޕްރީބިޑް މީޓިން އޮންނާނީ ބުރާސްފަތި ދުވަހުގެ 11:30 ގައި ރަސްދޫ ކައުންސިލްގެ އިދާރާގައެވެ. އަދި ބިޑްބަލައިގަތުމާއި ބިޑްހުޅުވުން އޮންނާނީ މި މަހުގެ 20 ވަނަ ދުވަހުގެ 11:30 ގައި އެ އިދާރާގައި ކަމަށް ރަސްދޫ ކައުންސިލްގެ އިއުލާނުގައި ވެއެވެ.