viber_image_2022-10-07_14-41-21-059

ބަންޑުންޖަހާލި ލޯންޗުން ގެއްލުނު މީހާ އަދިވެސް ނުފެނޭ

މާލެއިން ފުރައިގެން އއ އަތޮޅަށް ދަތުރުކުރި ލޯންޗެއް ބަންޑުންޖަހާލައި، އެ ލޯންޗުން ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށާއި އޭނާ ހޯދުމަށް ކަނޑާއި ވައިގެން މަގުން ބޮޑު ސަރަހައްދެއް ބަލާފައި ވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

ގެއްލިގެން ހޯދަމުންދާ ސ.ހިތަދޫ މިންހާ، މުޙައްމަދު މިންހާޖު، 28އެވެ.

އެމްއެންޑީއެފްއިން އިއްޔެ ބުނީ، އޭނާ ހޯދުމުގެ އޮޕަރޭޝަންގައި އެމްއެންޑީއެފް ޑޯނިއަރ ފްލައިޓްގައި ވަނީ ޖުމުލަ 750 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައި ކަމަށެވެ. އަދި ކަނޑުމަގުން އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޝަހީދު ޢަލީއާއި، ކޯސްޓްގާޑު ފާސްޓް އިންޓަސެޕްޓަރ ކުރާފްޓް "ހަކުރާ" އިން ވަނީ 270 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައި ކަމަށެވެ.

މާލެއިން އަރިއަތޮޅަށް ދަތުރުކުރި ލޯންޗެއް ބަންޑުންޖަހާލައި، އެކަކު ގެއްލިއްޖެ

ގެއްލިގެން ހޯދަމުންދާ މުޙައްމަދު މިންހާޖު އެންމެ ފަހުން ލައިގެން ހުރީ އަޅި ކުލައިގެ އަތްދިގު ޓީޝާޓަކާއި ނޫ ކުލައިގެ ޖިންސެއް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައި ވާކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 ،3398898 ނަންބަރަށް އަދި ވައިބަރ ކުރާނަމަ 9931082 އަދި ފެކްސް ކުރާނަމަ 3391665 ނަމްބަރަށް ފެކްސްކުރުމަށް އެމްއެންޑީއެފްއިން ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!