ސަރުކާރުން މަސްވެރިންނަށްވީ ވައުދުތައް ނުފުއްދާތީ އިދިކޮޅު ކޯލިޝަނުން މަސް މާރުކޭޓު ސަރަހައްދުގައި މުޒާހަރާ ކުރަން ނިންމައިފިއެވެ.
އިދިކޮޅުން މުސާހަރާ ކުރުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:00ގައެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ މަސްވެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށްޓަކައި، އެ ހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދޭ ކަމަށެވެ.
"އެއްގޮތަކަށް ވެސް ހިމޭނުން މަޑުން ތިބެގެން ވާކަށް ނެތް. ސިޔާސީ ޕާޓީއެއްގެ ގާނޫނުގައި ބުނާ ގޮތުން އަޅުގަނޑުމެންނަށް ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި މަސައްކަތްތަކެއް ކުރަން އެބަޖެހޭ. ގާނޫނުގެ ތެރެއިން އަޅުގަނޑުމެންނަށް ލިބިދީފައި އޮތް ހައްގެއް މި ބޭނުން ކުރަނީ،" އޭނާ ވިދާޅުވި އެވެ.
One Response
ބެޔަސް ނުބެޔަސް މަހަކު ދިހަހާސް ދެއްވައް ވީ ވައުދު ފުއްދުނުތޯ ކޮބާތޯ ލަދެއްވެސް ނުގަނޭތޯ