prothomalo-english_import_media_2017_04_07_b01d2dc4a0e44a4221ed6c5e76f85903-hilsa-fish_0

ބަންގްލަދޭޝްގައި ހިލްސާ ހިފުން މިދުވަސްކޮޅު މަނާކޮށްފައިވާއިރު، އަމުރާއި ހިލާފުވި ބައެއް ފަރާތްތައް ޖަލަށް

ބަންގްލަދޭޝްގައި އެންމެ މަޤްބޫލް މަހުގެ ބާވަތް ކަމަށްވާ ހިލްސާ މަސް ހިފުން 22 ދުވަހަށް މަނާކޮށްފައި ވާއިރު، މި އަމުރާ ހިލާފުވާ ފަރާތްތަކާއި މެދު އެޤައުމުގެ ސަރުކާރުން ދަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.

ކޯރުމަހެއް ކަމަށްވާ ހިލްސާ މަސް ހިފުން މަނާކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން މި މަހުގެ 28ގެ ނިޔަލަށެވެ. އެމަސް ހިފުން މި މުއްދަތުގައި މަނާކޮށްފައިވަނީ މިއީ އޭތި އެންމެ ގިނައިން ބިސް އަޅާ މޫސުން ކަމަށް ވުމުންނެވެ. އަދި ހިލްސާ މަހަކީ ބަންގުލަދޭޝްގައި އެންމެ ގިނަ އަދަދަކަށް ބާނާ މަސް ކަމަށްވުމުން އޭގެ އާބާދީ ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނީ މިފަދަ ގޮތަކަށް ކަމަށް އެޤައުމުގެ ސަރުކާރުން ދެކޭތީއެވެ.

ހިލްސާ މަސް ހިފުުން މަނާކޮށްފައި ވީ ނަމަވެސް ބައެއް ފަރާތްތަކުން ދަނީ ސަރުކާރުގެ އެނގުމާއ ހިލާފު ވަމުންނެވެ. އެފަދަ ފަރާތްތައް ހޯދުމުގެ މަސައްކަތް އެޤައުމުގެ ފުލުހުން ދަނީ ކުރަމުންނެވެ. އެގޮތުން މިހާތަަނަށް އަތުލައިގަނެވުނު ބައެއް ފަރާތްތަކަށް ވަނީ ޖޫރިމަނާއެއް ދައްކަން އަނގާފައެވެ.

އަދި އަމުރާ ހިލާފުވި 11 މަސްވެރިއެއް ވަނީ އަހަރު ދުވަހަށް ޖަލަށް ލާން ކޯޓުން ހުކުމް ކޮށްފައެވެ. ބަންގުލަދޭޝު ސަރުކާރުން ހާމަކުރާ ގޮތުގައި އެނގުމާއި ހިލާފުވާ ފަރާތްތަކަށް ހަރުކަށި އަބަދުތައް ދެވޭނެއެވެ. އެހެންކަމުން ސަރުކާރުގެ ނިންމުމަށް އިހްތިރާމު ކުރުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!