ވިއްސާރަ ދުވަހެއްގެ ކަނޑުމަތި -- ފޮޓޯ/ ދަ ޕްރެސް
ވިއްސާރަ ދުވަހެއްގެ ކަނޑުމަތި -- ފޮޓޯ/ ދަ ޕްރެސް

ކުރިއަށް އޮތް 4 ދުވަހު، ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ވައިބާރުވެ ކަނޑުތައް ގަދަވާނެ: މެޓް

ރާއްޖެ ސަރަހައްދުގައި ހުޅަނގުމޫސުމުގެ ބާރު ގަދަވެ، ކުރިއަށް އޮތް ހަތަރު ދުވަހު، ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ވައިބާރުވެ ކަނޑުތައް ވެސްގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް)އިން ބުނެފިއެވެ.

ވައި ބާރުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މެޓުން ވަނީ މިރޭ 12ގެ ނިޔަލަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ.

އެގޮތުން، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހުމާއެކު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް، ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!