ށ. އަތޮޅު ކީކިމިނީގައި ގާއިމްކޮށްފައިވާ ކީކިމިނި ފިޝަރީޒް ކޮމްޕްލެކްސްއިން މަސް ގަންނަން ފަށައިފިއެވެ.
ނަވާރަ ސަތޭކަ ޓަނުގެ ކޯލްޑް ސްޓޯރެޖެއް ހުންނަ ފެކްޓަރީއެއްގައި އެރަށުން މަސް ގަންނަ ކުންފުނި ހިންގަނީ އައިލެންޑް އެންޓަޕްރައިސަސްއިންނެވެ.
އެރަށުގައި މަސް ނުކިރާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.
މިވަގުތު ހަމައެކަނި ކަޅުބިލަ މަހާއި ކަންނެލި ގަންނައިރު، މަސް ގަންނަނީ 1.5 ކިލޯ އިން މަތިނަމަ 13 ރުފިޔާއަށް އަދި 1.5 ކިލޯއަށް ވުރެ ދަށްނަމަ 5.5 ރުފިޔާއަށެވެ.
ކީކިމިނީގެ އިތުރުން ތ.ފުނައްޑޫ އަލުން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.