މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން، ށ. އަތޮޅުން ފެށިގެން ދ. އަތޮޅާ ދެމެދަށް ޔެލޯ އެލަރޓް ނެރެފިއެވެ.
މި އެލަރޓް ނެރެފައި ވަނީ މިއަދު މެންދުރާ ހަމައަށެވެ.
Torrential rain and gust winds are expected. pic.twitter.com/hOpvGjiQYe
— Maldives Meteorology (@MetMaldives) October 13, 2022
މެޓުން ބުނީ، މިއަދު މެންދުރުގެ ނިޔަލަށް، އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖެ ސަރަހައްދުގައި ހުޅަނގުމޫސުމުގެ ބާރު ގަދަވެ، ކުރިއަށް އޮތް ހަތަރު ދުވަހު، ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ވައިބާރުވެ ކަނޑުތައް ވެސްގަދަވާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.
ކުރިއަށް އޮތް 4 ދުވަހު، ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ވައިބާރުވެ ކަނޑުތައް ގަދަވާނެ: މެޓް
އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް، ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.