މެކްސިކޯގެ މަސްވެރިން ބޭނި މަހަކާއި އެކު ބައެއް މީހުންގެ ހިތުގައި ބިރުވެރިކަން

މެކްސިކޯގެ މަސްވެރިން ބޭނި އޯފިޝް
މެކްސިކޯގެ މަސްވެރިން ބޭނި އޯފިޝް

މެކްސިކޯގެ މަސްވެރިން ބޭނި މަހަކަށް ގިނަ ބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ. ކަނޑުގެ ވަރަށް ފުނުގައި އުޅޭ ވަރަށް މަދުން ފެންނަ އޯފިޝްއެއް މަސްވެރިން ބާނާފައިވާއިރު، މީހުންދަނީ މިއީ ތޫފާނެއް އަންނަން އުޅޭ ކަމުގެ ނިޝާނެއް ކަމަށް ބުނަމުންނެވެ.

މި މަހުގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު، ގިނަ ބަޔަކު ދަނީ މި މަހަކީ ބިން ހެލުމާއި، ސުނާމީ އެރުމުގެ ފުރުސަތު އެބައޮތް ކަމަށް މީހުންދަނީ ބުނަމުންނެވެ.

މި ވީޑިއޯ، ދެ ލައްކައަށްވުރެ ގިނަ މީހުން ބަލާފައި ވާއިރު، ހާހަކަށް ވުރެ ގިނަ މީހުން ވަނީ ރީ-ޓުވީޓު ކޮށްފައެވެ.

އޯފިޝްއަކީ ކަނޑުގެ ވަރަށް ފުނުގައި އުޅޭ މަހެކެވެ. ހިމަ ދިގުކޮށް އޮންނަ މި މަސް ކަނޑުގެ ތިލަ ހިސާބުތަކުން ފެނިފައިވަނީ ވަރަށް މަދުންނެވެ. މިމަހަކީ 56 ފޫޓަށް ބޮޑުވާ މަހެކެވެ. މިމަސް އާއްމުގޮތެއްގައި އުޅެނީ ކަނޑުގެ 656 އާއި 3200 ފޫޓު އަޑީގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. މި މަހުގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު، ގިނަ ބަޔަކު ދަނީ މި މަހަކީ ބިން ހެލުމާއި، ސުނާމީ އެރުމުގެ ފުރުސަތު އެބައޮތް ކަމަށް މީހުންދަނީ ބުނަމުންނެވެ. -އޮޅުންސުވާލި-

ފަހުގެ