މަސް ބޭނުމުގެ ތެރޭގައި ދަލުގައި ޖެހޭ ވެލާތައް އަނބުރާ ކަނޑަށް ދޫކޮށްލުމުން އިންޑިއާގެ 8 މަސް ވެރިއަކަށް އެ ލައްކަ ރުޕީސް ލިބިއްޖެއެވެ.
އިންޑިއާގެ މެންގްރޯވް ފައުންޑޭޝަނުން ކުރިއަށްގެންދާ ޕްރޮގްރާމެއްގެ ދަށުން މަސްވެރިންނަށް ފައިސާގެ އިނާމެއް ދީފައިމިވަނީ، ހަތަރު ވެލާ، ދެ ވާވޮށި ވެލާ އަދި ދެ ކަހަނބު ސަލާމަތް ކޮށްދީފައި ވާތީއެވެ.
މެންގްރޯވް ފައުންޑޭޝަނުން މަސްވެރިންނަށް ފައިސާގެ އެހީތެރިކަން ދެމުންދަނީ ދާގަނޑުގައި ޖެހޭ ވެލާތައް އަނބުރާ ކަނޑަށް ދޫކޮށްލުމަށް ހިތްވަރުދިނުމުގެ ގޮތުންނެވެ. ސަބަބަކީ މިގޮތަށް ދޫކޮށްލަން ކުރާ މަސައްކަތުގައި މަސް ހިފަން ގެންގުޅޭ ދާ ގަނޑު ހަލާކުވުން ފަދަ ގެއްލުންތައް ވާނެތީއެވެ.
މިއަހަރު އެކަނިވެސް، މިހާތަނަށް މެންގްރޯވް ފައުންޑޭޝަންގެ ފަރާތުން 94 މަސްވެރިއަކަށްވަނީ 12 ލައްކައަށްވުރެ ގިނަ ރުޕީސްގެ އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.
ދާ ޖަހައިގެން ކުރާ މަސްވެރިކަމުގައި ގިނަ އަދަދެއްގެ ވެލާ އޮޅިގެން ހިފެއެވެ. ތަފާސްހިސާބުތައް ދައްކާގޮތުގައި ފާއިތުވީ ހަތަރު އަހަރުތެރޭގައި 140 ވާވޮށި ވެލާ، އަދި 71 ވެލާ އަދި ހަތް ކަހަނބުވަނީ ދާ ގަނޑުގައި ޖެހިގެން ސަލާމަތް ކޮށްދީފައެވެ.
ވެލާ ހިމާޔަތްކޮށް އޭގެ އާބާދީ އިތުރުކުރުމަށް ކުރަމުންދާ މި މަސައްކަތުގެ ދަށުން ވެލާތައް ސަލާމަތްކޮށްދޭ މަސްވެރިން އެކަން ރިޕޯޓުކުރުމަށް މެންގްރޯވް ފައުންޑޭޝަނުން އެދެއެވެ.