ހއ. އަތޮޅުން ބ. އަތޮޅަށް މިއަދު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ޔެލޯ އެލާޓް ނެރެފިއެވެ.
މިއަދު އިރުއޮއްސި 18ަަ:30 އާއި ހަމައަށް ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައި ވަނީ 45 މޭލަށް ވައި ގަދަވުމުގެ އިތުރުން ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ. ރާއްޖޭގެ ބޮޑު ބަޔަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެތީ އާންމުކޮށް ހުރިހާ ފަރާތްތަކުންވެސް ވަކިން ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
&
Alert Yellow: Torrential rain with gust winds expected. pic.twitter.com/BOi6fVDdoe
— Maldives Meteorology (@MetMaldives) October 17, 2022
;
މިދިޔަ ހަފްތާއިން ފެށިގެން މުޅި ރާއްޖޭގެ ހުރިހާ ހިސާބަކަށްހެން ބޯކޮށް ވާރޭ ވެހި ވިއްސާރަކުރަމުން އަންނަ އިރު މި ވިއްސާރައިގެ އަސަރު ބޮޑަށް ކޮށްފައި ވަނީ އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށެވެ.
One Response
ހއ.އިން ބ.އަތޮޅަށް ފޮޑިއެއްޖަައިފި.........ހއ.އިން ބ.އަތޮޅަށް ޔެލޯ އެލާޓު ނެރެފި....ތަފާތު ވަޒަން ކޮށްލައްވާ.