ބަންގްލަދޭޝްގައި އެންމެ ގިނަ އަދަދަކަށް ބާނާ ހިލްސާ މަސް ހިފުން މިދުވަސްވަރު މަނާ ކޮށްފައި ވާއިރު، މަސްވެރިންނަށް މިކަމުގެ ސަބަބުން ވާނެ ގެއްލުން ކުޑަކުރުމަށް ސަރުކާރުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން 13،872 މެޓްރިކް ޓަނުގެ ހަނޑޫ، 554،887 މަސްވެރި އާއިލާތަކަށް ބެލުމަށް ވަނީ ނިންމާފައެވެ.
ބަންގްލަދޭޝްގައި ހިލްސާ މަސް ހިފުން މަނާކޮށްފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން 22 ދުވަހުގެ ނިޔަލަށެވެ.
ބަންގްލަދޭޝްގެ ސަރުކާރުން ބުނީ ހިލްސާ މަސް ހިފުން މަނާކުރުމާއި ގުޅިގެން އޭގެ އަސަރުކުރި ކޮންމެ އާއިލާއަކަށް 25 ކިލޯގެ ހަނޑޫ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކޯރުމަހެއް ކަމަށްވާ ހިލްސާ މަހަކީ ބަންގުލަދޭޝްގައި އެންމެ ގިނަ އަދަދަކަށް ބާނާ މަސް ކަމަށްވުމުން އޭގެ އާބާދީ ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނީ މަސް ހިފުން އަހަރުގެ ބައެއް ހިސާބުތަކުން މަނާކޮށްގެން ކަމަށް އެޤައުމުގެ ސަރުކާރުން ދެކެއެވެ.
ހިލްސާ މަސް ހިފުުން މަނާކޮށްފައި ވީ ނަމަވެސް ބައެއް ފަރާތްތަކުން ދަނީ ސަރުކާރުގެ އެނގުމާ ހިލާފު ވަމުންނެވެ. އެފަދަ ފަރާތްތައް ހޯދުމުގެ މަސައްކަތް އެޤައުމުގެ ފުލުހުން ދަނީ ކުރަމުންނެވެ. އެގޮތުން މިހާތަަނަށް އަތުލައިގަނެވުނު ބައެއް ފަރާތްތަކަށް ވަނީ ޖޫރިމަނާއެއް ދައްކަން އަނގާފައެވެ.