sea-turtle-nest-700x692

އެމެރިކާގެ ބީޗަކަށް 378 ވެލާ ބިސް އަޅައިފި، މިއީ ކާމިޔާބީއެއް

އެމެރިކާގެ ނޯތު ކެރޮލައިނާގެ ކޭޕް ހެޓެރަސް ނޭޝަނަލް ސީޝޯގެ ބީޗުތަކަށް މިއަހަރުގެ މިހާތަނަށް 378 ވެލާ ބިސް އަޅާފައިވާ ކަމަށް ހިސާބުތަކުން ދައްކައިފިއެވެ. މިއީ ތާރީޙުގައިވެސް އެ ބީޗަށް މިހާ ގިނަ ވެލާ ބިސް އަޅަން އެރި ދެވަނަ ފަހަރެވެ.

އެ ޕާކު ބެލެހެއްޓުމާއި ހަވާލުވެތިބި ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި، އެ ސަރަޙައްދުގެ ބީޗަށް ވެލާ އާއި، ބޯބޮޑު ވެލާ އަދި މުސިންބީ ބިސް އަޅާފައިވާ ވެއެވެ. އެ ސަރަޙައްދަކީ ޒަމާނުއްސުރެ ގިނަ އަދަދެއްގެ ވެލާ ބިސްއަޅަން އަރާ ސަރަޙެއްްދެކެވެ. އަދި އަހަރުގެ މިހާތަނަށް 378 ބިސް ވަޅު އެ ސަރަޙައްދުން ފެނިފައިވާއިރު، މީގެކުރިން މިއަދަދަށްވުރެ އިތުރަށް ބިސް ވަޅު ފެނިފައި ވަނީ 2019 ވަނަ އަހަރުއެވެ.

އެ ސަރަހައްދަށް ބިސް އަޅަން އަރާ ވެލާތަކަށް ފަސޭހަ ކޮށްދިނުމަށް ޙާއްސަ އިންތިޒާމުތަކެއްވެސް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ބީޗަށް ދާ މީހުން ޓެންޓާއި، ގޮނޑިފަދަ ތަކެތި ނުބެހެއްޓުން ހިމެނެއެވެ. ސަަބަބަކީ މިފަދަ ތަކެތީގެ ސަބަބުން ބިސް އަޅަން އަރާ ވެލާތަކަށް އުނދަގޫވާނެތީއެވެ. އަދި ބިސް ވަޅުން ނިކުންނަ ކުދި ވެލާތަކަށްވެސް މޫދާ ހަމައަށް ފޯރުމުގައި އުދަނގޫވާނެތީއެވެ.

އެ ސަރަޙައްދުން ބިސް ވަޅެއް ފެނިއްޖެ ނަމަ ނޭޝަނަލް ސީޝޯއަށް ރިޕޯޓުކުރުމަށްވެސް އެފަރާތުން އެދެއެވެ. މިއީވެސް އެ ބިސްވަޅެއް ހިމާޔަތްކޮށް ބެލެހެއްޓުމަށްޓަކައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!