0_Teen-lucky-to-be-alive-after-brother-saves-her-from-brutal-shark-attack

މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން ކުއްޖެއްގެ ފައި ބުރިކޮށްލަން ޖެހިއްޖެ

މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން އެމެރިކާގެ 17 އަހަރުގެ އަންހެން ކުއްޖެއްގެ ފައި ބުރިކޮށްލަން ޖެހިއްޖެއެވެ.

އެމެރިކާގެ ފްލޮރިޑާގެ ކީޓަން ބީޗުގައި ހިނގި މި ހާދިސާގައި އެޑިސަން ބިތިއާ، 17އ އަށް ހަމަލާދީފައިވަނީ ނުވަ ފޫޓުގެ މިޔަރެކެވެ. މޫދުގައި ފަތާފައި އުޅެނިކޮށް މިޔަރު ހަމަލާން ދޭން ފެށުމުން އޭގެ ކައިރިން ސަލާމަތްވުމަށް އެޑިސަން ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެޑިސަން އެހީއަށް އެދި ގޮވާއަޑަށް އޭނާގެ ބޭބެ ބިރަކާ ނުލާ ގޮސް މިޔަރު ދުރުކުރުމަށް ކުރި މަސައްކަތުން އެޑިސަންގެ ފުރާނަ ވަނީ ސަލާމަތްކުރެވިފައެވެ.

އެހެންނަމަވެސް ފަޔަށް ލިބިފައިވާ އަނިޔާގެ ސަބަބުން ކަނާތު ފައި ޖެހުނީ ބުރިކޮށްލާށެވެ. އެޑިސަންގެ މައިންބަފައިން ޤަބޫލުކުރާ ގޮތުގައި އޭނާ މިއަދު ދުނިޔޭގައި ހުރުމަކީވެސް ބޮޑު އަޖައިބެކެވެ. ސަބަބަކީ މިޔަރު އޭނާއަށް ހަމަލާދިނުމަށް ކޮށްފައިވާ މަސައްކަތްތަކެވެ. އަދި އޭނާގެ ފައިގެ މައި ލޭނާރުވެސް މިޔަރުގެ ހަމަލާއާއި އެކު ފަޅައިގެން ދިޔަ ނަމަވެސް ފުރާނަ ސަލާމަތްވެފައިވުމެވެ. އާއްމުގޮތެއްގައި އެ ނާރަށް ލިބޭ އަނިޔާތަކުގައި މީހުން މަދު މިނެޓުކޮޅެއްގެތެރޭގައި މަރުވެއެވެ.

އެޑިސަން މިހާރުދަނީ މަސްނޫވީ ފަހެއްގެ އެހީގައި ހިނގާ ބިނގާވެ އުޅުމެއް ބޭނުންވާ ރިހެބިލިޓޭޝަންގެ ބައި ފެށުމަށް ތައްޔާރުވަމުންނެވެ. އޭނާގެ އުއްމީދަކީ ގެއްލުނު ފަޔާއި އެކުވެސް ކުރިން އުޅުނު ފަދަ ދިރިއުޅުމެއް އުޅެން ފެށުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!