ddssd

ޕްލާސްޓިކް ކާ ރޮބޯ ފިޝްއެއް އުފައްދައިފި

ފެންގަނޑުތަކުގައި ހުންނަ ޕްލާސްޓިކް ކާ ' ރޮބޯ ފިޝް' އެއް އުފައްދައިފިއެވެ. ޔުނިވަރސިޓީ އޮފް ސުރީގެ ރިސަރޗަރުން އުފއްދާފައިވާ މި ރޮބޯ ފިޝް މޫދާ، ކޯރުތައް އަދި ކުދި ފެންގަނޑުތަކުގައި ހުންނަ ޕްލާސްޓިކް އެއްކުރުމުގެ ޤާބިލްކަން ހުރެއެވެ.

މި ރޮބޯ ފިޝް މޫދުގައި ނުވަތަ ފެންގަނޑުގައި އުޅޭއިރު، އޭގެ އަނގަ ހުޅުވައިގެން ފީނައެވެ. އަދި އޭގެ ގިލްސް ބޭނުންކޮށްގެން ފެން ބޭރުކުރެއެވެ. އަދި އޭގެ ބަނޑުތެރޭގައި އެކަމަށް ހާއްސަ ތަނެއްގައި ޕްލާސްޓިކްތައް ހަރުލައެވެ.

ބަނޑު ފުރުމުން އަނގަ ލެއްޕޭނެއެވެ. 50 ސެންޓިމީޓަރުގެ ދިގު މި ރޮބޯ ފިޝްއަށް ދެ މިލިމީޓަރުގެ ސައިޒުގެ ކުދި ކުދި ޕްލާސްޓިކްތައްވެސް އަތުލައިގަނެވޭނެއެވެ.

ރޮބޯ ފިޝް އިތުރަށް ތަރައްޤީކުރުމުގެ ވިސްނުން އޭތި އުފެއްދި ރިސަރޗަރުން ގެންގުޅެއެވެ. އެގޮތުން ދުވެލި ބާރު ކުރުމާއި، ހަށިގަނޑުގެ ބައްޓަމަށް ބައެއް ބަދަލުތަކެއް ގެނައުން ފަދަ ކަންތައްތައް ހިމެނެއެވެ.

ޕްލާސްޓިކަކީ ކަނޑުގެ ދިރުންތަކަށް އޮތް އެންމެ ބޮޑު އެއް ނުރައްކަލެވެ. މަސްމަހާ މެއްސަށް ޕްލާސްޓިކް ކެވި އޭގެ ސަބަބުން އޭގެ ފުރާނައަށްވެސް ނުރައްކާވެއެވެ. އަދި އިންސާނުން މިފަދަ މަސްތައް ކައި ހެދުމަކީ އޭގެ ނުރަނގަޅު އަސަރުތައް އިންސާނުންގެ ހަށިގަނޑަށްވެސް ކުރާ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!