ތަފާތު ސިފައެއް ޖަހާ ބޮޑު މަހެއް އޮސްޓްރޭލިއާގެ ބީޗަކަށް ލައްގައިފިއެވެ. ލެނޮކްސް ހެޑު، އެންއެސްޑަބްލިއު ނޯތު ކޯސްޓުގެ ބީޗަކަށް ލަައްގާފައިވާ މި ބޮޑުމަސް ފެނިފައިވަނީ ރާޅާ އަޅަން ގޮސްއުޅުނު ބަޔަކަށެވެ.
މި ބޮޑުމަހުގެ އެންމެ ތަފާތު ސިފައަކީ އޭގެ ހިމަ ދިގު ތުނބެވެ. މީގެ ފޮޓޯތައް ފެނިގެން އާއްމުންގެ ބައެއް މީހުންވަނީ މިއީ ކޯމަހެއް ކަމަށްވެސް ބުނެފައެވެ. އެހެން ނަމަވެސް މީގެ ހަށިގަނޑަށް ބަލާއިރު މިއީ ކޯމަހެއް ނޫންކަން އެނގެއެވެ.
މިމަހާ ގުޅޭގޮތުން އޮސްޓްރޭލިއާގެ ޑޯންފިން ރިސަރޗުގެ ސީއީއޯ ލިޒް ހައުކިންސް ބުނެފައިވަނީ ބޮޑަށް ލަފާކުރެވެނީ އެެއީ ޅަފުރައިގެ ސްޓްރެޕް ޓޫތު ބީކްޑު ވޭލެއް ކަމަށެވެ. އަދި އެއީ ކަނޑުގެ ވަރަށް ފުނުގައި އުޅޭ މަހެއް ކަމަށާއި، އެ މަހާ ގުޅޭ އެހާ ގިނަ މައުލޫމާތުމާތުތަކެއް މިހާތަނަށް އެއްކުރެވިފައި ނުވާ ކަމަށެވެ.
މި ބޮޑުމަހުގެ ހަށިގަނޑުން ހަދާ ޓެސްޓުތަކާއި އެކު މިމަހާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށްވެސް ލިޒް ހާމަކުރެއެވެ.