ވިއްސާރަ ދުވަހެއްގެ ކަނޑުމަތި -- ފޮޓޯ/ ދަ ޕްރެސް
ވިއްސާރަ ދުވަހެއްގެ ކަނޑުމަތި -- ފޮޓޯ/ ދަ ޕްރެސް

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ދެކުނަށް ވައިޓް އެލަރޓް ނެރެފި

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، މޫސުމާ މެހޭ ގައުމީ އިދާރާ (މެޓް) އިން ރާއްޖޭގެ ދެކުނަށް ވައިޓް އެލަރޓް ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލަރޓް ނެފެފައި ވަނީ ވ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދަށެވެ.

މިއަދުގެ މެންދުރު ފަހުން ފެށިގެން، މިރޭ 8:00 ގެ ނިޔަލަށް، ރާއްޖޭގެ ދެކުނުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

މީގެ ތިން ދުވަސް ކުރިން މެޓުން ވައިޓް އެލަރޓް ނެރެފައި ވަނީ މެދުރާއްޖެ ތެރެއަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!