ސަބާ5 -- ފޮޓޯ/ މުހައްމަދު ޞަބާޙު
ސަބާ5 -- ފޮޓޯ/ މުހައްމަދު ޞަބާޙު

މަހަށް ދާ މީހުން މަދުވެ، 2020 ވަނަ އަހަރު ބަނދެފައިވާ މަސް ދޯންޏެއް ވިއްކާލަނީ

މަހަށް ދާ މީހުން މަދުކަމުން، ރ. މަޑުއްވަރީ "ސަބާ 5" ވިއްކާލުމަށް ދޯނީގެ ވެރިފަރާތުން ނިންމައިފިއެވެ. މިއީ 2020 ވަނަ އަހަރު ބަނދެފައިވާ މަސް ދޯންޏެކެވެ.

މަހަށް ފުރަންބޭނުންވާ ހުރިހާ ސާމާނަކާ އެކު، ދެ މިލިއަަން ރުފިޔާއަށް ވިއްކަން ހަމަޖެހިފައިވާ މި ދޯނީގެ ދިގުމިނުގައި 60 ފޫޓް ހުންނައިރު، ފުޅާއިމިނުގައި 18 ފޫޓު ހުރެއެވެ. އަދި އިންޖީނަކީ ވޮލްވޯ 262 ހޯސްޕަވަރެވެ.

ދޯނީގެ ފަރާތުން މި ނޫހާ ވާހަކަ ދައްކަމުން މުހައްމަދު ޞަބާޙު ބުނީ، ދޯންޏަކީ އޭނާގެ މަންމަ ސައީދާ ޔޫސުފްގެ ދޯންޏެއް ކަމަށާއި ނަމަވެސް ދޯނީގެ ކަންކަން ބަލަހައްޓަނީ ޞަބާޙު ކަމަށެވެ.

ސަބާ-5 -- ފޮތޯ/ މުހައްމަދު ޞަބާޙު

"ދެ މިލިއަން ރުފިޔާ އެއްފަހަރާ ދިނީމަ، (ދޯނި) ދޭގޮތަށް އަދި އިނީ. ދެން ގުޅައިގެން ވާހަކަ ދައްކާލީމަ އެނގޭނީ،" ޞަބާޙު ބުންޏެވެ.

އޭނާ ބުނީ، ދޯނި ވިއްކާލަން ނިންމީ މިދުވަސްކޮޅުގެ ހާލަތު ހުރި ގޮތުން ކަމަށެވެ. އެގޮތުން މަސްވެެރިކަން ދަށްވެ، މަހަށް ނުފުރި ދާތީއާއި މަހަށް ދާ މީހުން އެހެން ދާއިރާތައް އިހުތިޔާރު ކުރުމުން، މަސްވެރިކަން ކުރާނެ މީހުން މަދުވާތީ ދޯނި ވިއްކާލަނީ ކަމަށް އޭނާ ބުންޏެވެ.

ޞަބާހު ބުނި ގޮތުގައި، އެމީހުންގެ ދެ ދޯނި އޮވެއެވެ. އެއީ 80 ފޫޓުގެ ދޯންޏަކާ 60 ފޫޓުގެ ދޯންޏެކެވެ. އެހެންކަމުން މަހަށްދާ މީހުން މަދުވުމުން، އެއް ދޯންޏަށް އެންމެން ބަދަލު ކުރުމަށްފަހު، އަނެއް ދޯނި ވިއްކާލަނީއެވެ.

އިތުރުމައުލޫމާތު: 9700086

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!