boavaaaa

ބޯވައެއް މޫދު އަޑީގައި ހިނގާފައި އުޅޭ ވީޑިއޯއަކަށް ބޮޑު ސަމާލުކަމެއް

ބޯވައަކީ ތަފާތު އެތައް ސިފަތަކެއް ލިބިފައިވާ ކަނޑުގެ ދިރުމެކެވެ. އެގޮތުން ގައިގެ ކުލަ ބަދަލުކޮށްލުމާއި، ޝިކާރަ ކުރުމުގައާއި އޭގެ އަމިއްލަ ނަފްސު ސަލާމަތްކުރުމުގައި ބޯވަ ގެންގުޅެނީ ތަފާތު އުކުޅުތަކެކެވެ.

ލިބިފައިވާ ތަފާތި ސިފަތަކާއި އެކު ބޯވަވެފައިވަނީ އިންސާނުންނަށް ވަރަށް ޝައުގުވެރި ކަނޑުގެ ދިރުމަކަށެވެ.

ދާދި ފަހުން ސޯޝަލް މީޑިއާގައި ވަނީ ބޯވަ އާއި ގުޅޭ ވަރަށް ތަފާތު ވީޑިއޯއެއް އާއްމުވެފައެވެ. އެ ވީޑިއޯއިން ފެންނަނީ ބޯވަ ކަނޑު އަޑީގައި ހިނގާފައިދާ ތަނެވެ. ޓުވިޓަރގައި ' ފެސިނޭޓިންގ' ކިޔާ އެކައުންޓަކުން ހިއްސާކޮށްފައިވާ މި ވީޑިއޯ އަށް މިހާތަަނަށް 12 މިނިލިއަން ވިއުސް ލިބިފައިވެއެވެ. އަދި 11000 އާއި ގާތްކުރާ އަދަދަކަށް މީހުން މި ޕޯސްޓު ރި-ޓުވީޓުކޮށްފައިވެއެވެ.

 

ވީޑިއޯ ހިއްސާކުރި ފަރާތުން ބުނެފައިވަނީ، ބައެއް ސައިންސްވެރިން ބުނާގޮތުގައި ބޯވައިގެ އިންނަނީ ހަ އަތާއި ދެ ފައި ކަމަށެވެ. ސަބަބަކީ މޫދު އަޑީގައި އޭތި ދެ ' ފައި' ޖަހައިގެން ހިނގާ އުޅޭތީއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!