hilsa

ބަންގްލަދޭޝްގައި ހިލްސާގެ މަސްވެރިކަން ކުރުން މަނާކޮށްފައި އޮތް އޮތުމަށް ނިމުމެއް

ބަންގްލަދޭޝްގައި ހިލްސާގެ މަސްވެރިކަން ކުރުން މަނާކޮށްފައި އޮތް އޮތުމަށް މިދިޔަ ހޮނިހިރު ދުވަހު ނިމުމެއް އައުމާއި އެކު ގިނަ ބަޔަކު މަސްވެރިކަމަށް ނިކުމެއްޖެއެވެ.

ބަންގުލަދޭޝްގައި ވަނީ 22 ދުވަސްވަންދެން ހިލްސާގެ މަސްވެރިކަން ކުރުން މަނާކޮށްފައެވެ. އެ ގައުމުގައި އެންމެ ގިނަ އަދަދަކަށް ބާނާ ހިލްސާ މަސް ހިފުން މަނާކޮށްފައިވަނީ އޭގެ އާބާދީ ދެމެހެއްޓެނިވި ގޮތެއްގައި އިތުރުކުރުމަށެވެ.

ހިލްސާ މަސް ހިފުމުގެ ހުއްދަ އަލުން ލިބުމާއި ގުޅިގެން ބަންގުލަދޭޝްގެ މަސް މާރުކޭޓުތަކުގައި މިމަސްވަނީ މިހާރު ތިޔާގި ވެފައެވެ. މާރުކޭޓުގައި ލިބެން ހުރި ހިލްސާ މަހަށް ބަލާއިރު، ގިނައިން ލިބެން ހުރީ 800 ގުރާމާއި 900 ގުރާމާއި ދެމެދުގެ ބަރުދަނެއްގެ މަހެވެ. 900 ގުރާމުގެ ހިލްސާމަސް، 900 ޓާކާ އަށް ލިބެން ހުރި އިރު، 1 ކިލޯގެ ހިލްސާ މަސް 1100 ޓާކާއަށް ލިބެން ހުއްޓެވެ.

ހިލްސާ މަސް ހިފުން މަނާކޮށްފައި އޮތް ދުވަސްތަކުގައި މަސްވެރިންނަށް ވާނެ ގެއްލުން ކުޑަކުރުމަށް ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ހިލްސާގެ މަސްވެރިކަން ކުރާ މަސްވެރިންގެ ކޮންމެ އާއިލާއަކަށް 25 ކިލޯގެ ހަނޑޫ ދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!