ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ރާއްޖޭގެ ދެކުނަށް ވައިޓް އެލަރޓް ނެރެފިއެވެ.
މި އެލަރޓް ނެރެފައި ވަނީ ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދަށެވެ.
Heavy rain and thunderstorms expected with gust winds. pic.twitter.com/AV4GWcm0nl
— Maldives Meteorology (@MetMaldives) October 31, 2022
މެޓުން ބުނީ، މިއަދު ހެނދުނުން ފެށިގެން، ހަވީރު 3:30 ގެ ނިޔަލަށް، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.