ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފް އިން ބުނީ، "ރޯޝަން-1" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ދިޔަވާކަމުގެ މަޢުލޫމާތު ލިބުނީ މިއަދު 13:20 ހާއިރު ކަމަށާއި، އެޔާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
ފަސް މީހުންނާ އެކު ލ.މާމެންދޫން ފުރައިގެން އައްޑޫ އަތޮޅަށް ދަތުރުކުރަމުންދިޔަ މި ދޯނި ދިޔަވަމުން ދިއުމާއެކު، އެމްއެންޑީއެފްއިން ވަނީ ދޯނީގެ ދިޔަގަނޑު ކޮންޓްރޯލްކުރުމުގެ ގޮތުން ޕަންޕު ބޭނުން ކޮށްގެން ދިޔަ ހިއްކުމުގެ މަސައްކަތް ފަށާފައެވެ.
ދިޔަ ހިއްކާ ނިމުމާއެކު، ދޯނި ވަނީ ސަލާމަތުނ، ލ. ގަމު ތުނޑީ ބަނދަރަށ ވައްދާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.