ވެލާ ބިސްވަޅުތައް މޮނިޓަރކުރާ ޑިވައިސް
ވެލާ ބިސްވަޅުތައް މޮނިޓަރކުރާ ޑިވައިސް

ވެލާ ބިސްވަޅުތައް މޮނިޓަރ ކުރެވޭނެ ޑިވައިސެއް އުފައްދައިފި

ވެލާ ބިސްވަޅުތައް މޮނިޓަރ ކުރެވޭނެ ޑިވައިސެއް ސައިންސްވެރިން އުފައްދައިފިއެވެ.

އެމެރިކާގެ 'ޔުނިވަރސިޓީ އޮފް ވަރޖިނިއާ' އަދި 'ސެމިއުލް ވޯންޓުމަން އޮފް ނަރޑްސް ވިތައުޓު ބޯޑާސް'ގެ ސައިންވެރިންގެ ޓީމަކުން އުފައްދާފައިވާ މި ޑިވައިސް ފަރުމާކޮށްފައިވަނީ ވެލާ ބިހެއްގެ ސިފައަށެވެ.

ޙަރަދުކުޑަކޮށް އުފައްދާފައިވާ މި ޑިވައިސް ވެލާ ބިސް ވަޅުތައް މޮނީޓަރކުރުމުގައި ބިސްވަޅުން ބިސް ފީވެގެން ނިކުންނާނެ ދުވަހެއް އަނގައިދިނުމާއި، ނިކުންނާނެ ވެލާތަކުގެ އަދަދު އަނގައިދިނުން ފަދަ މުހިއްމު މައުލޫމާތުތައް ފޯރުކޮށްދޭނެއެވެ. މިއާއެކު، ވެލާ ބިސްވަޅުތައް މެނޭޖްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރެވިގެންދާނެ ކަމަށް ސައިންސްވެރިން ހާމަކުރެއެވެ.

އިންސާނުންގެ އަމަލުތައް ހުންނަގޮތުން ވެލާގެ އާބާދީއަށް ވަނީ އަސަރު ކޮށްފައެވެ. އެގޮތުން ކަހަނބު، ވާވޮށި ވެލާ، ވެލާ، މިސިންބީ، ބޯބޮޑު ވެލާގެ އާބާދީ ވަނީ މަދުވެފިއެވެ.

ސައިންވެރިން އުފައްދާފައިވާ ޑިވައިސް މަސައްކަތްކުރާ ގޮތަކީ، ވެލާ ބިސްވަޅުގައި އޭތި ވަޅުލަނީއެވެ. އޭގައި ހަރުކޮށްފައިވާ ކޭބަލް މެދުވެރުކޮށް، އިންފޮމޭޝަން ޓަވަރަށް ބިސް ވަޅާ ގުޅޭ މައުލޫމާތުތައް ފޯރުކޮށްދެވިގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!