އަމިއްލަ ތަކެތީގައި ދަނބިދޫ މަސްމާރުކޭޓް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަނީ

ލ. ދަނބިދޫ -- ފޮޓޯ/ ސީއެންއެމް
ލ. ދަނބިދޫ -- ފޮޓޯ/ ސީއެންއެމް
ލ. ދަނބިދޫ ކައުންސިލްގެ އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، އެރަށު މަސް މާރުކޭޓު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން އެ ކައުންސިލުން އިއުލާނު ކޮށްފިއެވެ.
ދަނބިދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އަންނަ އަންގާރަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން ބިޑު ރަޖިސްޓްރީ ސްލިޕް ފުރުމަށްފަހު، އެ ކައުންސިލުގެ އީ މެއިލް (info@dhanbidhoo.gov.mv) އަށް ފޮނުވަން އެދޭ ކަމަށެވެ. ނުވަތަ އެ ކައުންސިލަށް ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ކަމަށެވެ.
ރަޖިސްޓްރޭޝަން ސްލިޕް އާއިއެކު ބީލަން ފޮތުގެ އަގު ކަމުގައިވާ 300 ރުފިޔާ އެ ކައުންސިލްގެ އެކައުންޓްއަށް ޖަމާ ކުރުމުން، ރަޖިސްޓްރީވާ ފަރާތްތަކަށް  ބީލަންފޮތް މެއިލް ކުރެވޭނެ ކަމަށް ދަނބިދޫ ކައުންސިލުގެ އިއުލާނުގައި ވެއެވެ.
މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ އަންނަ އަންގާރަ ދުވަހުގެ މެންދުރު 1:00ގައި ދަނބިދޫ ކައުންސިލްގެ އިދާރާގައެވެ. ނަމަވެސް މި މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުން ކޮންމެހެން ލާޒިމު ނޫން ކަމަށް އެ ކައުންސިލުން މައުލޫމާތުދެއެވެ.

މިކަމަށްޓަކައިހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައި ކަމަށާއި އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ކައުންސިލްގެ އިއުލާނުގައި ވެއެވެ. އަދި ބީލަމުގައި ރަޖިސްޓްރީ ނުކުރާފަރާތްތަކާއި، ބިޑް ޕްރޮޕޯސަލް ހުށަހަޅާއިރު މަޢުލޫމާތު ފުރިހަމަނުވާ ބިޑުތަކާއި، އަދި ގަޑި ޖެހުމަށްފަހު ހުށަހަޅާ ބިޑްތައް ބަލައިނުގަނެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ، ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއަކާއި ބަދަލުގައި އަންނަ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ސާފު ކޮޕީއަކާއެކު ފޮނުވަން ޖެހޭނެ ކަމަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް، ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި އެ އިދާރާގެ ފޯން 6800864 ނަންބަރަށް ގުޅުމަށް ކައުންސިލުން އެދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ