ހުޅުމާލޭގައި ހުޅުވި، މެރިން ސާމާނު ވިއްކާ ޝޯރޫމް
ހުޅުމާލޭގައި ހުޅުވި، މެރިން ސާމާނު ވިއްކާ ޝޯރޫމް

މަސްވެރިކަމުގައި ބޭނުންކުރާ މުހިންމު އާލާތްތައް ހިމެނޭހެން، މެރިން ސާމާނު ވިއްކާ ޝޯރޫމެއް ހުޅުމާލޭގައި ހުޅުވައިފި

މަސްވެރިކަމުގައި ބޭނުންކުރާ މުހިންމު އާލާތްތަކާއި، ކަނޑުދަތުރުކުރާ ފަރާތްތަކަށް ހާއްސަކޮށް ތަކެތި ވިއްކާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި، "މެރިން މާސްޓަރ" ފިހާރަ ހުޅުވައިދެއްވީ، ހައުސިންގް ޑިވިލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސ)ީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު އާތިފްއެވެ.

މި ރަސްމިއްޔާތުގައި އެޗްޑީސީގެ އިސްބޭފުޅުންނާއި މެރިން އިކުއިޕްމެންޓްސްގެ އިސް ބޭފުޅުން އަދި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

ދެހާސް ހަ ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މެރިން އެކްސެސަރީޒްގެ ވިޔަފާރި ކުރަމުންދާ މެރިން އިކުއިޕްމަންޓްސްގެ ފިހާރައެއް މީގެ ކުރިން ހުންނަނީ މާލޭގައި އެކަންޏެވެ. އެއީ ކަނބާ އައިސާރަނި ހިނގުމުގައި، ހިިރިޔާ ސްކޫލު ކުރިމަތީގައި ހުންނަ "މެރިން އިކުއިޕްމަންޓްސް" ފިހާރައެވެ.

ނަމަވެސް ވިޔަފާރި ފުޅާކޮށް، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުޅުވި މި ފިހާރައާއެކު، މަސްވެރިންނަށް އިތުރު ލުއިފަސޭހަތައް ލިބިގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ. ފިހާރަ ހުޅުވާފައި ވަނީ، ފިތުރޯނު މަގުގައި ހުންނަ ރިނާޓުސް އިތާމުތް ރެސިޑެންސްގެ ގްރައުންޑް ފްލޯގައެވެ.

3 އަހަރުގެ ވޮރެންޓީއާއެކު، މެރިން އިކުއިޕްމަންޓްގެ "ދޫނި ރާޑަރ"އިން މަސްވެރިންނަށް ފަސޭހަކަން

ފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި، އާތިފް ދެއްކި ވާހަކަފުޅުގައި ވިދާޅުވީ ކުރިއަށް އޮތް ތާނގައި ހުޅުމާލޭގައި ޔޮޓް މެރީނާއާއި އެހެނިހެން ޑޮކްސް ތަރައްގީ ކުރިގެންދާނެ ކަމަށާއި، އެހެންކަމުން މިފަދަ ޝޯވ ރޫމެއް ހުޅުމާލޭގައި ހުރުން ވަރަށް މުހިންމު ކަމަށެވެ.

މާލޭގައި ހުންނަ "މެރިން އިކުއިޕްމެންޓްސް" ފިހާރައިން ލިބެން ހުންނަ ހުރިހާ ޕްރޮޑަކްޓެއް، ހުޅުމާލޭގައި ހުޅުވި "މެރިން މާސްޓަރ" ފިހާރައިންވެސް ލިބެން ހުންނާނެއެވެ.

މެރިން އިކުއިޕްމަންޓްސްގެ "ލައިފްރާފްޓްސް" އިން، މަސްވެރިންނަށް ކަނޑުމަތީގެ ހާދިސާތަކުގައި އެހީވެދޭނެ

"މެރިން މާސްޓަރ" ފިހާރައިން އިން ލިބެން ހުރި ތަކެތީގެ ތެރޭގައި:-
• ޖީޕީއެސް
• ފިޝް ފައިންޑާ
• މެރިންގައި ބޭނުންވާނެ ހާޑްވެއާ
• އެންޓިފޯލިން
• ސަމުގާ
• ދުރުމި
• ޑީސީ އިލެކްޓިކް ސާމާނު
• އެކި ވައްތަރުގެ ލައިޓްސް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!