ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިފްތިތާހީ ޖަލްސާގެ ތެރެއިން މަސްވެރިންގެ ޝުއޫރު ލިޔެފައިވާ ބެނާތައް
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިފްތިތާހީ ޖަލްސާގެ ތެރެއިން މަސްވެރިންގެ ޝުއޫރު ލިޔެފައިވާ ބެނާތައް

ކަންނެލީގެ އަގު ދުވަހެއް ދުވަހަކަށް ދަށަށް ދާތީ ކަންބޮޑުވުން ފާޅުކޮށް، މިފްކޯއިން ކަންނެލި ގަންނަން ފަށަން މަސްވެރިން ގޮވާލައިފި

ބޮޑުކަންނެލީގެ އަގު ދުވަހެއް ދުވަހަކަށް ދަށަށް ދާތީ މަސްވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ފެކްޓްރީތަކުގައި ބޮޑު ކަންނެލީގެ އަގުތައް މަސްވެރިންނަށް ހިއްސާކުރާ، ބޮޑު ކަންނެލި މަސްވެރިންގެ ޔުނިއަން (ބީކޭއެމްޔޫ) އިން ބުދަ ދުވަހު އަދާހަމަ ކޮށްފައިވާ ގޮތުގައި، 30 ކިލޯއިން މަތީގެ ކަންނެލި ގަންނަނީ، ކިލޯއެއް 60 ރުފިޔާއަށެވެ. އަދި 30 ކިލޯއިން ދަށް ނަމަ 50 ރުފިޔާއަށް ނުވަތަ 40 ރުފިޔާއަށެވެ.

މިދިޔަ މަސް ނިމުނު އިރު، ބައެއް ކުންފުނިތަކުން 30 ކިލޯއިން މަތި 70 ރުފިޔާއަށް ވަނީ ގަނެފައެވެ. އޮކްޓޯބަރ 26 ގައި އަގު ހުރީ 80 ރުފިޔާއަށެވެ. އޮކްޓޯބަރު މަސް ފެށުނުއިރު މި އަގު ހުރީ 70 ރުފިޔާގައެވެ.

ކަންނެލީގެ އަގު ދަށަށް ދާތީ ކަންބޮޑުވުން ފާޅުކޮށް މަހިބަދޫ މަސްވެރިން ބުނީ، ކަންނެލީގެ މަސްވެރިކަން ރަނގަޅުވާން ފަށާއިރަށް ކުންފުނިތަކުން ކަންނެލި ގަންނަ އަގު ކުއްލިއަކަށް ދަށްކޮށްލައި، ކަންނެލި ނުކުރި ކިޔޫގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހޭ ކަމަށެވެ.

ކަންނެލި މަސްވެރިންނަށް މި ނޫން ގޮތެއް ނެތީތޯ ސުވާލު އުފައްދަމުން، މަހިބަދޫ މަސްވެރިން ފާހަގަ ކުރި ގޮތުގައި، ސަރުކާރުން އަހަންމިއްޔަތުކަން ދެނީ ހަމައެކަނި ކަނޑުމަހުގެ މަސްވެރިންނަށެވެ.

އެހެންކަމުން މިފްކޯއިން ކަންނެލި ގަންނަން ފަށަން މަސްވެރިން ގޮވާލިއެވެ.

މަސް ގަތުމާއި ޑީސަލް ވިއްކުން ފަދަ މަސްވެރިކަމާ ގުޅުންހުރި ކަންކަމުގައި ކަނޑުމަހުގެ މަސްވެރިންނާއި ކަންނެލި މަސްވެރިން ތަފާތު ކުރުމަކީ ޒަމާނުއްސުރެން ކަންނެލި މަސްވެރިން ކުރާ ޝަކުވާއެކެވެ.

ތަފާތު ނުކޮށް، ކަންނެލި މަސްވެރިންނަށްވެސް އަގުހެޔޮކޮށް ޑީސަލް ލިބޭނެގޮތް ހެދުމަށް ބީކޭއެމްޔޫ އިން ގޮވާލައިިފި

މަސްވެރިންގެ މެދުގައި ތަފާތުކުރުންތައް ނައްތާލައި، ބޮޑު ކަންނެލި މަސްވެރިންނަށް ވެސް ހެޔޮ އަގުގައި ޑީސަލް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް، ބޮޑު ބީކޭއެމްޔޫއިން ވަނީ މީގެ ކުރިން ސަރުކާރަށް ގޮވާލައިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ޚަންނެލި ކިލޯއެއް 60 ރުފިޔާ އަށް ކަޑުމަސް ކިލޯ 16 ރުފިޔާ އަށް .ތަަފާތުކުރުން ނުގެންގުޅެ އެއް އަގަކަށް ހަދަންވީ. ޚަންނެލިވެސް ކަޑުމަސްވެސް 25 ރުފިޔާއަށް ގަންނަ ގޮތަށއ ހެދުން އިންސާފަކީ.25 ރުފިޔާ 30 ރުފިޔާ އަށް ކުރިން ކަންނެލި ވިއްކަނީ އެކަމަކު މިހާރު 80 ،90 ރުފިޔާ އށް .ކަޑުމަސްވެރިކަން ކުރާމީހުންނަށް މި ލިބެނީ ކުޑަ އެއްޗެއް. ޑެން އޮތް ގޮތަކީ އެންމެން ކަންނެއްޔަށް ދިއުން.އޭރުންވެސް އަގު ވެއްޓޭނީ. ޢެންމެ މޮޅު ގޮތަކީ ބޭރު ކުންފުނިތަކަށް ރާއއޖެއިން މަސް ގަނެވޭނެ ގޮތަށް ސީދާ ހުޅުވާލުން. ޟިފްކޯއެއް ކޫއްޑޫއެއް ކިޔާނެ ކަމެއް ނެތަ