އުދަ އަރާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލަރޓް ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިން ވަނީ، މިއަދު މެންދުރުގެ ނިޔަލަށް، ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދަށް މޫސުން ގޯސްވެ، އުދަ އަރާނެ ކަމަށް ލަފާކޮށް، ހުދު ސަމާލު ނެރެފައެވެ.
Alert white for swell wave surges pic.twitter.com/kxRdkpzYJp
— Maldives Meteorology (@MetMaldives) November 5, 2022
މެޓުން އެންމެ ފަހުން ވައިޓް އެލަރޓް ނެރެފައި ވަނީ މިިދިޔަ ހޯމަ ދުވަހުއެވެ. އެއީ ލ. އަތޮޅުން ފެށިގެން އައްޑޫސިޓީއާ ދެމެދަށެވެ.