ތޭލިއާ މަސް
ތޭލިއާ މަސް

އަގުބޮޑު މަހެއް ބާނައިގެން އިންޑިއާގެ މަސްވެރިންތަކަކަށް ބޮޑު އާމްދަނީއެއް

އިންޑިއާގެ އޮޑިޝާ ސްޓޭޓުގެ މަސްވެރިންތަކަކަށް އަގުބޮޑު މަހެއް ބޭނިއްޖެއެވެ. ސައިޒުގެ ގޮތުންވެސް ބޮޑު މި މަސް ބާނާފައިވަނީ ދާ ޖަހައިގެން ކަނޑުގެ ފުނުން މަސްވެރިކަން ކުރުމުގައެވެ.

މަސްވެރިން ބާނާފައިވަނީ ތޭލިއާ ބޮލާމަހެކެވެ. ބަރުދަނުގައި 36 ކިލޯ ހުރި މި މަސް ވިއްކާލާފައިވަނީ ފަސް ލައްކަ ރުޕީސް އަށެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ 94،105 ރުފިޔާއެވެ. މި މަސް ވިއްކާލާފައިވަނީ މަސް ވިއްކާ ނީލަމެއްގައެވެ. މި މަސް ގަނެފައިވަނީ ކަލްކަތާގެ ކުންފުންޏަކުންނެވެ.

ތޭލިއާ މަހުގެ އަގު އެހާ ބޮޑީ އޭގައި ބޭސް އުފެއްދުމަށް ބޭނުންކުރާ މާއްދާއެއް ހިމެނޭތީއެވެ. އެގޮތުން މިމަހުގެ ބަނޑުގައި ހިމެނޭ މަސް ބޭސް އުފެއްދުމަށް ބޭނުންކުރެއެވެ.

މަސްވެރިން ބުނާގޮތުގައި މި ސައިޒުގެ ތޭލިއާ މަހެއް ފެންނާނީ އަހަރަކު ދެ ފަހަރު ނުވަތަ ތިން ފަހަރު ކަމަށެވެ. އަދި މީގެ މަހެއް ބޭނޭ ފަހަރެއްގައި މަސްވެރިން އެއްފަހަރާ މުއްސަނދިވެއެވެ.

ތޭލިއާ މަހަށް ގޯލް ފިޝްވެސް ކިޔާ އުޅެއެވެ. މިއީ ކަނޑުގެ ވަރަށް އަޑީގައި އުޅޭ މަހެކެވެ. މިމަސް އާއްމުގޮތެއްގައި ފެންނަނީ އިންޑޯ ޕެސިފިކް ސަރަޙައްދުންނެވެ. މިމަހުގައި އަޔޮން، އަޔޮޑިން، މެގްނީޒިއަމް، ފްލޮރައިޑު، ސެލެނިއަމް އަދި ޓައުރިންގެ މާއްދާތައް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ކޮބާ ރާއްޖޭގެ އީޕީއޭ ކުދިންކޮޅު... ތިހާ ބޮޑުމަހެއް ހިފީމަ އާބާދީއަށް ކިހާވަރެއްގެ ގެއްލުމެއްލިބޭނެ..