ޕްރޮފެޝަނަލް މަސްވެރިއެއް އަދި ޓުއަރ ގައިޑެއްކަމަށްވާ ޖޭސަން މޮއިސް ނުވަތަ ސޯޝަލް މީޑިއާގައި މަޝްހޫރު ނަމުން ނަމަ ޓްރެޕްމަން ބަރމަގުއި ވަނީ ތަފާތު ނިޝާންތަކެއް ހުރި ކަންނެއްޏެއް ބާނާފައެވެ.
އޮސްޓްރޭލިއާގެ ކަނޑުގެ ސަރަހައްދުން މިދިޔަމަހުގެ 29ވަނަ ދުވަހު ބާނާފައިވާ މި ރީނދޫ އުރަހަ ކަންނެލީގެ ބަނޑާއި ދިމާލުގެ ހަނގަޑުގައި ހުރީ ވަށްކޮށް ހުރި ނިޝާންތަކެކެވެ.
ފޭސްބުކްގައި އޭނާ ހިއްސާކޮށްފައިވާ ޕޯސްޓަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. އެގޮތުން 159 އަށްވުރެ ގިނަ މީހުން ވަނީ މި ޕޯސްޓަށް ކޮމެންޓު ކޮށްފައެވެ.
ޖޭސަން ބުނެފައިވާގޮތުގައި ކަންނެލީގައި ހުރި ނިޝާންތަކަކީ ކުކީ ކަޓާ ޝާކެއް ދީފައިވާ ހަމަލާތަކެކެވެ. ސައިޒުގެގޮތުން ކުޑަ ކުކީ ކަޓާ ޝާކުތައް ޝިކާރަކުރަނީ ސައިޒުން ބޮޑެތި މަސްތަކަށެވެ. ބޮޑެތި މަސްތަކުގެ ގައިގައި ދަތްއަޅައިގެން ހަންގަނޑުން ކާލަނީ ވަށްކޮށް ކުކީ ޝޭޕަށް ހުންނަ ތަންތަނެވެ.

ކުކީ ކަޓާ ޝާކު ބޮޑުވަނީ 17 އާއި 22 އިންޗިއާ ދެމެދުގެ ސައިޒަކަށެވެ. މި ބާވަތުގެ މިޔަރު އުޅެނީ ކަނޑުގެ ވަރަށް އަޑީގައެވެ. އަދި ރޭގަނޑުވުމުން ޝިކާރަކުރުމަށް ކަނޑުގެ މަތީ ފަށަލައާއި ކައިރިއަށް ތިލަވެއެވެ.
3 Responses
ވަރަށް ދެރަ ރާއްޖޭގެ ކަނޑުތަކުން ބާނާ މަހުގަ ތިޔަ ކަޓް ޖަހާފަ ހުންނާނެ ވަރަށް ގިނައިން
ހިޖާމަ ޖަހާފަ
ތީ ގައި އެހެރީ އެލްމަންޑް ނަޓުސްތަކެއްގައި ތެރަސް ލައިގެން ތައްކޮށްފައި ސޯޝަލްމީޑިއާގެ ސަމާލުކަން ހޯދަންވެގެން ފޭކު ޖައްސާފައި އއހުރީ