މަސްވެރިކަމާއި ގުޅޭ

ހިބަރު މަސްވެރިކަން - ފޮޓޯ: ލައްޓި ފިޝިންގ ގްރޫޕްގެ
ހިބަރު މަސްވެރިކަން - ފޮޓޯ: ލައްޓި ފިޝިންގ ގްރޫޕްގެ

އެކި ބާވަތުގެ މަސްވެރިކަމަށް ވަކި މެނޭޖްމަންޓް ޕްލޭނެއް ހަދައި، މުރާޖަޢާކުރަން ޖެހޭ

އެކި ބާވަތުގެ މަސްވެރިކަމަށް ވަކި މެނޭޖްމަންޓް ޕްލޭނެއް ހަދައި، މުރާޖަޢާކުރަން ޖެހޭ ކަމަށް "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު"ގައި ބުނެއެވެ.

އެ ޤާނޫނުގެ ދަށުން، 'މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތައް' ހިމަނާފައި ވާއިރު، އޭގައި ވަނީ، ދިވެހިރާއްޖޭގައި ކުރާ ވަކިވަކި މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމަށްޓަކައި އެ މާއްދާގެ ދަށުން ކަނޑައަޅާ ކޮންމެ މަސްވެރިކަމަކަށް، މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނެއް ތައްޔާރުކޮށް އެކަށީގެންވާ ގޮތެއްގެމަތިން މުރާޖަޢާ ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއެކު އެ ޕްލޭންތައް ތަންފީޒު ކުރާކަން ފިޝަރީޒް މިނިސްޓްރީން ޔަގީންކުރަންވާނެ ކަމަށެވެ.

މަސްވެރިކަމުގެ ޤާނޫނުގެ ދަށުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރުން ހުއްދަ މަސްވެރިކަމުގެ ބާވަތްތަކުގެ ތެރޭގައި:-

  • ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން
  • ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަން
  • ލޭނުގެ މަސްވެރިކަން
  • ހިބަރުގެ މަސްވެރިކަން
  • ވަދުނަނުގެ މަސްވެރިކަން
  • ފާނައިގެ މަސްވެރިކަން
  • އެންވެރިކަން
  • ދިރޭ ކުދިމަހުގެ މަސްވެރިކަން
  • ތުތި ބޯވަދިލަމަހުގެ މަސްވެރިކަން
  • ފަރުމަހުގެ މަސްވެރިކަން
  • ފަޅުތެރޭގައި ކުރާ މުށިމަހުގެ މަސްވެރިކަން
  • ހުއިފިލަނޑާއާއި އިހިފަދަ ތަކެތި ނެމުގުމެ މަސްވެރިކަން ހިމެނެއެވެ.

މީގެ އިތުރުން، މަސްވެރިކަމަށް ބޭނުންކުރާ އާލާތްތަކާއި ހިފާ ބާވަތްތަކާއި އަދި މަސްވެރިކަން ކުރާ ބޭނުމަށާއި، އެ ނޫންވެސް ކަންކަމަށް ރިޢާޔަތްކޮށް، މި ލިސްޓުގައި ހިމެނިފައި ނުވާ ވަކި ބާވަތެއްގެ މަސްވެރިކަމެއް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރުން ހުއްދަ ކަމަށް ކަނޑައެޅުމުގެ ބާރު ފިޝަރީޒް މިނިސްޓްރީއަށް ލިބިގެންވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!